މިކަންކަން ފެންނަންޏާ ކްރަޝް މަތިން ހަނދާން ނައްތާލާ!

ޮންމެ މީހެއްގެ ވެސް “ކްރަޝް” އެއް ހުންނާނެއެވެ. އެއީ ސްކޫލު ދައުރުން ފެށިގެން ވިޔަސް، ނުވަތަ މަސައްކަތުގެ މާހައުލުން، ނޫނީ ފިލްމަކުން ފެނިގެން ވިޔަސް ވެހެވެ. “ކްރަޝް” އަކީ އެމީހަކު ހިތް އެދޭ ކަހަލަ ސިފަތަކެއް ހުންނަ، ލޯބިވާ މީހެކެވެ. ނަމަވެސް ކޮންމެ ކޮންމެ މީހަކަށް، އެމީހެއްގެ “ކްރަޝް” ހާސިލްވުމުގެ ނަސީބެއް ނުލިބެއެވެ.

މިފަހަރު މި ކިޔައިދެނީ، ކްރަޝް މަތިން ހަނދާން ނައްތައިލަން ވެއްޖެކަން އަންގައިދޭ ބައެއް ނިޝާންތަކެވެ.

1. އޭނާ އެހެން މީހަކާ ގުޅުން

ތިބާ “ލައިކު” ވެގެން އުޅޭ މީހާ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅި، ވަރަށް ސީރިއަސް ގުޅުމެއް ކުރިއަށް ގެންދާނަމަ، އޭނާގެ އިންތިޒާރުގައި ހުރުމުގެ ބޭނުމެއް ނެތެވެ. ތިހެން ހުރެގެން ބޭކާރު ވާނީ ތިބާގެ ވަގުތެވެ. އެ ވަގުތުގައި އޭނާއަށްވުރެ މާ ރަނގަޅު އެހެން ކުއްޖެއް ވެސް ލިބިދާނެއެވެ.

2. އަމިއްލަ މީހާއަށް ކުރާ އިތުބާރު ކުޑަވުން

“ކްރަޝް” ގެ ސަމާލުކަން ނުލިބިގެން ތިބާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާހެން ހީވާނަމަ، އޭނާއާ ދުރުވާށެވެ. ނޫންނަމަ އެ ލޯބި ކާމިޔާބު ކުރަން އުޅެގެން ދެރަ ލިބޭނީ ހަމަ ތިބާއަށެވެ. މިގޮތަށް ގޮސް ނަފްސާނީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތުވެސް ބޮޑެވެ.

3. އެއީ ތިބާއާ އެކަށީގެންވާ މީހެއް ނޫން

މިކަން ވިސްނޭ ހިސާބުން، އިތުރަށް އޭނާގެ ޖަވާބެއް ހޯދަން އުޅޭނެ ކަމެއް ނެތެވެ. ބައެއް މީހުންގެ އަމަލުތަކުން އެމީހުންގެ ހަގީގީ ކުލަވަރު ފެނިގެންދެއެވެ. ފަހަރުގައި ތިބާގެ “ކްރަޝް” އަކީ ފުރަތަމަ ހީކުރިހާ ރަނގަޅު މީހަކަށް ނުވެދާނެއެވެ.

4. ރުހުން ހޯދަން ސިފަ ބަދަލުކުރަން ޖެހުން

ލޯބިވާ މީހާގެ ރުހުން ހޯދަންވެގެން ތިބާގެ އަސްލު ސިފަ ނޫން އެހެން ސިފައެއް ދައްކަންޖެހޭނަމަ، އޭގެ މާނައަކީ އެއީ ތިބާއަށް އެންމެ އެކަށީގެންވާ މީހާ ނޫންކަމެވެ. ތިބާދެކެ ލޯބިވާ މީހެއްނަމަ، ހަގީގީ ސިފަތަކާއެކު ވެސް ބަލައިގަންނާނެއެވެ.

5. އޭނާއަށް ތިއީ ކާކުކަން ނުވެސް އެނގޭ!

މި ހާލަތުގައި އެ ލޯބި ކާމިޔާބުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި އޭނާއަށް ތިބާ އެނގޭ އިރުވެސް، މާ ބޮޑު ސަމާލުކަމެއް ނުދީ ވާހަކަ ދައްކަން އުޒުރުވެރިވާނަމަ، އޭގެން އަންގައިދެނީ އޭނާގެ ނަޒަރުގައި ތިއީ އެއްވެސް މީހެއް ނޫން ކަމެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!