ޑަބްލިއުއެޗުއޯގެ އިދާރާގައި ކޯވިޑް-19ގެ ކްލަސްޓާއެއް

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ ޖެނީވާގައި ހުންނަ އިދާރާގެ ފަސް މުވައްޒަފުންނަށް ފާއިތުވި ހަފުތާގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކޯވިޑް-19 ފެތުރެން ފެށީއްސުރެ ޑަބްލިއުއެޗުއޯގެ 65 މުވައްޒަފަކަށްވަނީ މިހާތަނަށް ކޯވިޑް-19 ޖެހިފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ފަސް މުވައްޒަފަކަށް ކޯވިޑް-19 ޖެހިފައިވާތީ އެ އިދާރާގައި ކޮންމެވެސް ވަރެއްގެ ކުލަސްޓާއެއް އުޅޭކަމަށް ޝައްކުކުރެވޭތީ އެ ޖަމުޢިއްޔާއިންދަނީ އެކަން ތަހުގީގުކުރަމުންނެވެ. ޑަބްލިއުއެޗުއޯގެ ކޯވިޑް-19އާއިބެހޭ ޓެކްނިކަލް ލީޑު، މާރިއާ ވޮން ކާޚޯވް ވިދާޅުވީ ބަލިޖެހިފައިވާ އެންމެންގެ ޙާލު ރަނގަޅުކަމަށާއި އެއްވެސް މީހެއްގެ ކިބައިން ބަލީގެ މާ ބޮޑު އަލާމާތެއް ނުފެންނަކަމަށެވެ. ބައެއް މުވައްޒަފުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯގެ ކުއްލި ޙާލަތްތަކާއިބެހޭ އިސް މާހިރު، މައިކް ރަޔާން ވިދާޅުވީ އެ އިދާރާ ހުންނަ ޖެނީވާއާއި އެ ސިޓީއާއި ޖެހިގެން އޮންނަ ވައުޑުގައި މިވަގުތު ބަލިފެތުރެމުންދަނީ ވަރަށް ހަލުވިމިނުގައިކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ތަހުގީގުކުރަމުންދާ ކްލަސްޓާއަކީ ޑަބްލިއުއެޗުއޯގެ އިދާރާގައި ބަލި ފެތުރުނުކަމަށް ބެލެވޭ ފުރަތަމަ ކްލަސްޓާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!