މި ފަޅާ އަރުވާލަނީ މާދުރީގެ އެންމެ ބޮޑު ސިއްރު !

މާދުރީ ދިކްޝިތްގެ ހަންގަނޑު ރީތިކޮށް ހުރުމުގެ ސިއްރު ކިޔައިދީފިއެވެ. މާދުރީ ބުނިގޮތިގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ހަށިގަނޑުގެ ބޭރުފުށާއި ކާތަކެތިވެސް ވަރަށް ބޮޑު ރޯލެއްކުޅެއެވެ. މާދުރީ ބުނިގޮތުގައި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްފައިދާ ހުރި ކާނާ ކެއުމަކީ މުހިންމު ކަމެކެވެ.

ކޮންމެ ދުވަހަކު މަދުވެގެން 8 ތަށި ފެން ބޯންޖެހޭނެ ކަމަށާއި އަދި ހަންގަނޑު ތެޔޮވުމުން ރައްކާތެރިކުރުމަށް ތެޔޮ އަދި ހަކުރު ހުންނަ އެއްޗިސްނުކެއުމާއި ދުރުވެ, އަދި މޭވާއާއި ތަރުކާރީ ކެއުން ގިނަކުރުމަކީ މުހިންމުކަމެކެވެ. ހަމަނިދި ނިދުމާއި މަދުވެގެން 7 ނުވަތަ 8 ގަޑިއިރު ނިދުމާއި އަދި ސްޓްރެސް އިން ދުރުވުމަށް ޔޯގާ ހެދުމާއި އަބަދުވެސް ރިލެކްސްކޮށް ހުރުމަށްވެސް ބުނެފައިވެއެވެ. ކަސްރަތަކީވެސް ވަރަށްމުހިންމު ކަމެއްކަމަށާއި ކަސްރަތުކުރުމުން ލޭ ހިންގާލެއް އަވަސްކޮށް މޫނަށް ވެސް ލޭ ދާލެއް އަވަސްވާނެ ކަމަށް ވެސް ބުނެފްއިވެއެވެ.

މޫނު ސާފުކޮށް ބެހެއްޓުމަކީވެސް ހަންގަނޑު ރީތިކޮށްދޭކަމެކެވެ. ކޮންމެ ދުވަހަކު ނިދުމުގެ ކުރިން މޫނުގައި ހުންނަ ހުރިހާ މޭކަޕެއްސާފުކުރަންވާނެއެވެ. އަދި މޫނު ގިނަގިނައިން ދޮވުމަށްވެސް ބުނެފައިވާއިރު މޫނުގައި އުނގުޅާ ސައިބޯނީގެ ކުއަލިޓީއަށްވެސް ބަލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ޓޯނާއަކަށް ރޯސް ވޯޓާ ބޭނުންކުރުމަށާއި މޮއިސްޓްރައިޒާއިން މަސާޖު ކުރުމާއި އަދި ނިދާއިރު ވިޓަމިން ސީ ސީރަމް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ބުންޏެވެ.

އަދި ހެނދުނު ބޭރަށް ދާއިރު ސަންލޯޝަން ބޭނުންކުރުމުން ހަންގަނޑު އެނދުމުން ސަލާމަތް ކޮށްދެއެވެ. އަދި އަލަށް ގެންނަ އެއްޗިސް އެލާޖިކު ވޭތޯ ބެލުމަށް ފުރަތަމަ އަތުގައި އުނގުޅުމަށްވެސް ބުނެފައިވެއެވެ. އަދި ފޭސް މާސްކު ތައްޔާރުކޮށް އުނގުޅާކަމަށްވެސް ބުންޏެވެ. މި ފޭސް މާސްކަކީ މާދުރީއަށް އެންމެ ކަމުދާ ފޭސްމާސްކު ކަމަށް އޭނާ ބުންޏެވެ.

ބޭނުންވާ ތަކެތި : އޯޓްސް،މާމުއި،ރޯސްވޯޓާރ ނުވަތަ ކިރު ހަދާނެ ގޮތް: 1 ސަމްސާ ފުނޑާފައިހުރި އޯޓްސް އަދި 1 ސަމްސާ މާމުއި އަދި 1 ސަމްސާ ކިރު ނުވަތަ ރޯސްވޯޓާރ ތައްޓަކަށް އަޅައި އެއްކޮށްފައި މޫނުގައި އުނގުޅާށެވެ. އަދި 15 މިނެޓު ވަންދެން މަޑުކޮށްފައި ހޫނުފެނުން މޫނު ދޮވެލާށެވެ. އަދި ހަންގަނޑު ހިކިވެ ކުރަކި ވާނަމަ މީގެ ތެރެއަށް އަލޯވެރާ އަޅާފައި އުނގުޅާށެވެ. ރީތި ހަންގަނޑެއް ހޯދުމަށް މި ފޭސް މާސްކު ތައްޔާރުކޮށްލާށެވެ.

  1. އެކަމަކު ވާ ކަލޭމެން ވެސް ރަނގަޅެއްނު. މަ ހީކުރީ އީ ޑޮކްޓަރު ސެޓު ކުރި ގޮތް ކަމަށް ކިޔާ ދޭން ތިއުޅެނީ.

    1
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!