ރަވީނާގެ ޒުވާންކަމުގެ ސިއްރު މިއޮތީ!

ބޮލީވުޑްގެ ކުރީގެ ކާމިޔާބު ބަތަލާ ރަވީނާ ޓެންޑޮން އޭރު ހާ ގިނައިން ފިލްމުތަކުން މިހާރު ނުފެނުނަސް، މީސްމީޑިއާގައި ވަރަށް ހަރަކާތްތެރިއެވެ. ރަވީނާ އަންނަނީ އިންސްޓަގްރާމްގައި ދޭތެރެ ދޭތެރެއިން، އޭނާގެ ރީތިކަމުގެ ސިއްރުތައް، ނުވަތަ “ބިއުޓީ ރޫޓީންސް” ކިޔައިދެމުންނެވެ.

އެގޮތުން އިންސްޓަގްރާމްގައި 4.8 މިލިއަން ފޮލޯވަރުން ތިބި ރަވީނާ މީގެކުރިން ވަނީ އޭނާގެހަންގަނޑު މަޑުކޮށް، އުޖާލާކޮށް ހުރުމުގެ ސިއްރު ކިޔައިދީފައެވެ. އެއްލައްކަ އަށްވުރެ ގިނަ މީހުން ބަލާފައިވާ އެ ވީޑިއޯގައި ރަވީނާ ބުނަނީ، އުޖާލާ ހަންގަނޑެއް ބޭނުންވާނަމަ ގޭގައި ތައްޔާރުކޮށްގެން ފޭސް ޕެކެއް ހޭކުމަށެވެ. އަދި އޭނާ ބޭނުންކުރާ ފޭސްޕެކް ތައްޔާރުކުރާ ގޮތް ވެސް ކިޔައިދީފައިވެއެވެ.

އެ ޕެކަށް ބޭނުންވަނީ ގޮދަން ފުށާއި، މޫނުގައި ހާކާ ތާޒާ ކްރީމާއި، ރީނދޫ ކޮޅެއް ކަމަށް ރަވީނާ ބުނެއެވެ. މި ތިނެތި އެއްކޮށްލުމަށްފަހު މޫނާއި، ކަރާއި ދެއަތްތިލި އަދި މޮއިސްޗަރައިޒް ކުރަން ބޭނުންވާ އެހެން ހިސާބުތަކުގައި އުނގުޅުމަށް ރަވީނާ ލަފާދެއެވެ. ފަހަރުގައި 46 އަހަރުގައި ވެސް ރަވީނާ އެހާ ޒުވާންކޮށް ހުންނަނީ މި ޕެކް އުނގުޅާތީ ކަމަށް ވެދާނެއެވެ.

މީގެ އިތުރުން ވެސް ރަވީނާ ވަނީ، މޫނުގައި ނަގާ ބިހި ފިލުވުމަށް ހާއްސަ ފަރުވާއެއް މީގެކުރިން ކިޔައިދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!