މޮޑާނާގެ ވެކްސިން 95 އިންސައްތަ ކާމިޔާބު

އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން، ކޮވިޑް-19 އިން ރައްކާތެރިވުމަށް 95 ޕަސެންޓް ކާމިޔާބުކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޮޑަނާ ކުންފުނިން މިއަދު ބުނެފައިވަނީ، ކޮވިޑް ވެކްސިންގެ ކްލިނިކަލް ޓްރައިލްސްއިން 94.5 އިންސައްތަ ކާމިޔާބު ކަމަށް ޑޭޓާތަކުން ހާމަވެފައިވާ ކަމަށެވެ.

މިއީ، ވެކްސިންގެ ކްލިނިކަލް ޓްރައިލްސް ކާމިޔާބުކަން އިޢްލާންކުރި އެމެރިކާގެ ދެވަނަ ކުންފުންޏެވެ.

 އެގޮތުން ވެކްސިންގެ ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ އެކި ސަރަހައްދުތަކުން 30،000 މީހުން ބައިވެރިކޮށްގެންނެވެ.

އެގޮތުން ފުރަތަމަ އިންޓެރިމް އެނެލެސިސްގައި ކޮވިޑް ޖެހިފައިވާ 95 މީހުން ބައިވެރިވި ކުރި ކަމަށާއި ވެކްސިންގެ ނަތީޖާ 95 ޕަސެންޓާއި ގާތްކުރާ ކަމަށް މޮޑާނާ އިން ބުނެއެވެ. އެ 95 މީހުންގެ ތެރޭގައި 15 އަހަރާއި 65 އަހަރުގެ މީހުން ވެސް ހިމެނެއެވެ.

މޮޑާނާ އިން އުއްމީދު ކުރަނީ ހުއްދަ ލިބުމާ އެކު އެމެރިކާ އަށް 20 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. އަދި އެ ކުންފުނިން ބުނެފައި ވަނީ އަމާޒަކީ އަންނަ އަހަރު މުޅި ދުނިޔޭގައި ބޭނުން ކުރުމަށް އެއް ބިލިއަން ޑޯޒް އުފެއްދުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!