ޑީއާރްޕީގެ ނައިބު ލީޑަރުގެ މަޤާމުން ރިފާޢު އިސްތިއުފާދެއްވައިފި

ޑީއާރްޕީގެ ނައިބު ލީޑަރުގެ މަޤާމުން ރިފާޢު(ބޮޗޭ) އިސްތިއުފާދެއްވައިފިއެވެ.

ބޮޗޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމާއި ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްޓްރިއޭޓްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. 

މި ނިންމުމާ ގުޅޭގޮތުން ބޮޗޭ “ސީއެންއެމް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ މަގާމުތަކުން އިސްތިއުފާ ދެއްވި ނަމަވެސް ސިޔާސީ މަސައްކަތުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ވެސް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ބޮޗޭ ވިދާޅުވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!