އަޖޭ އާއި ކާޖަލް ގެ އަންހެން ދަރިފުޅު ގެ ނެށުމަށް ދިނީ ސުމެއް!

ސުޕާ ސްޓާ އަޖޭ ދޭވްގަންގެ އަދި ކާޖަލްގެ ލޯބިވާ އަންހެންދަރިފުޅު ނިސާ ދޭވްގަން އަކީ ވަރަށް ގިނައިން ވާހަކަ ދެކެވޭ ސްޓާ ކިޑް އެކެވެ.

އޭނާގެ އިނަސްޓާގުރާމް އެކައުންޓް ޕްރައިވެޓްކޮށްފައިވީ ނަމަވެސް އޭނާގެ ބައިވަރު ފޭން ކްލަބްސް އޮވެއެވެ. މި ފަހުން ނިސާ ދޭވަގަން އޭނާގެ އެންމެ ގާތް އެކުވެރިޔާއާއި އެކު މަޖާކޮށް ނަށާ، ވިޑީއޯއެއްވަނީ ސޯޝަލްމީޑިޔާގައި ވައިރަލްވެފައެވެ.

ނިސާ ގެ މި ވީޑިއޯ އަށް އެބަޔަކު ތައުރީފް ކޮށްފައިވާ އިރު އަނެއް ބަޔަކު އަންނަނީ މި ވީޑިއޯ އަށް މަލާމަތް ކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި ނިސާ އަށް އެއްވެސް ވަރަކަށް ނަށާކަށް ނޭގެއެވެ. ބޭނުންނަމަ ހިލޭ ނަށަން ދަސްކޮށްދޭ ކްލާސް ތަށް ނަގައިދޭން ވެސް ބައެއް މީހުން ހުށައަޅާފައި ހުއްޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!