ފަރްހާން ރާއްޖެ އައީ ލޯބިވެރިޔާ އާއި ދަރިފުޅާއި އެކު!

ފިލްމުމޭކަރ އަދި އެކްޓަރ ފަރްހާން އަކްތަރް އަދި އޭނާގެ ގާލްފުރެންޑު ޝިބާނީ ދާންޑޭކަރ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. މި ދެމީހުންގެ ލޯބީގެ ވާހަކަ މަޝްޙޫރުވެ ރިލޭޝަންޝިޕް އެއްގައި އުޅޭކަމަށް ބުނެ ކައިވެނިން ބޭރުގައި އެކުގައި ލިވިން ރިލޭޝަން ޝިޕް އެއްގައި ދަނީ ދިރިއުޅެމުންނެވެ.

ފަރްހާންގެ ދަރިފުޅު އަކީރާ އަކްތަރް އާއި އެކު މި ޗުއްޓީގައި ރާއްޖޭގެ ބީޗްތައް ބަލާލުމާއި އެކުގައި ވަގުތުތައްހޭދަކުރަމުން ދެއެވެ. ޝިބާނީ އޭނާގެ އިންސްޓާގުރާމުގައި ފޭނުންނަށް ހިއްސާކޮށްފައިވާ ފޮޓޯގައި ފެންނަނީ ބީޗްގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ޕޫލް އެއްގައި ފަރްހާންއާއި އެކުގައި ތިއްބައެވެ.

އަދި ފަރްހާންގެ އިންސްޓާގުރާމުގައި އެމީހުން ހޭދަކުރާ މަޖާ ވަގުތުތައް އަދި އޭނާގެ މޮޅު ފޮޓޯގުރަފީގެ ހުނަރު ދައްކާލަމުން ޝެއާ ކޮށްފައިވަނީ ޝިބާނީ އާއި އަކީރާ މޫދު ކައިރީގައި ފުންމައިގެން ތިބި ފޮޓޯއެކެވެ.

އަދި ޓައިގާ ޝްރޮފް އާއި އޭނާގެ ގާލްފުރެންޑު ދިޝާ ޕަޓާނީވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ރީތި ފޮޓޯތައް އިންސްޓާގުރާމުގައި ހިއްސާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!