ފޭސްބުކް އަޑީ އެެއްގެ އަގު 74 ޑޮލަރުންމަތީގައި!

ސޯޝަލްމީޑިޔާގައި ފޭކް ނުވަތަ ވަގު އައިޑީތަކަކީ ޑާކް ވެބް މާކްޓްތަކުގައި ވަރަށް މަޝްޙޫރުއެއްޗެކެވެ. އެވަރޭޖް ގޮތެއްގައި ފޭސްބުކް އެކައުންޓެއް ވިއްކާލަނީ 74.50 ޑޮލަރަށެވެ. އެހެންކަމުން މިކަމުގެ ނާޖާއިޒް ފައިދާ ނަގާ ސައިބާކްރިމިނަލަސްފަދަ މީހުންނަށް ފުރުސަތު ލިބެއެވެ.  

ފޭކު ކެމްޕޭންތައް މީހުންގެ ލޮގިން ޕާސްވޯޑްތައް އަތުލަން ފަސޭހަކޮށްދެއެވެ. މި މީހުންނަށް ހަމައެކަނި ޖެހެނީ ފޭކު ލޮގިން ޕޭޖެއްހަދައި އެއަށް ލޮގިންވުމަށް މީހުންނަށް ފޮނުވާށެވެ.

ސައިބާކުރިމިނަލްސްއަށް އެ އަތުލާ ޑާޓާތައް ރައްކާރެތިކޮށް ނުގެންގުޅެވޭނަމަ އެމީހުންގެ އޮޕަރޭޝަން ފަޅާއަރާނެއެވެ. ވިކްޓިމް މި ޕޭޖްތަކަށް ޔޫސާ ނޭމް އަދި ޕާސްވޯޑް ޖަހައިގެން ވަންނަނީ ހިދުމަތް ހޯދަން ނަމަވެސް ވަނުމުން، ސައިބާކުރިމިނަލްސްއަށް ޑާޓާތައް ވަގަށްނަގާ ފޮނުވާލެވެއެވެ. މިފަދަ  އިންފޯމޭޝަން ހުރިނަމަ ފޭސްބުކްއިން ޕާސްވޯޑް ރިސެޓްކުރުމަށް އެދޭނެއެވެ. އެކަހަލަ ކަމަކާއި ދިމާނުވިޔަސް ރަނގަޅު ގޮތަކީ މަދުމަދުން ނަމަވެސް ޕާސްވޯޑް ރިސެޓްކުރުމެވެ. މިހެން ކަންތައްކުރާނަމަ އެކަހަލަ ކެމްޕެއިންތަކުން އެކައުންޓަކާއި ނުބެހެވޭނެއެވެ.

ކުރިއަށް އޮތް ތާގައި މިކަންތަކުން ދުރުވުމަށް ފޭސްބުކް އެކައުންޓަށް ފޭސްބުކުން ފިޔަވާ އެހެން ސައިޓުތަކުން ނުވަންނާށެވެ. އަދި ފޭސްބުކް އެކައުނަޓަށް ލޮގިންވާން ބުނާނަމަ ބުރައުސާގެ އެޑްރެސްބާރ ބަލާށެވެ. އޭގައި ފޭސްބުކް.ކޮމް މިހެންނެތް ނަމަ އެކަހަލަ ސައިޓަކަށް ވެދާނެއެވެ. އަދި އީމެއިލްއަށް އަންނަހާ ލިންކުތަކަށް ނުވަންނާށެވެ.

ވަރުގަދަ ޕާސްވޯޑެއް ނަމަ މިކަހަލަ ފޭކު ސައިޓުތަކުން ބޭނުމެއްނުކުރެވޭނެއެވެ.

މިފަދަ ވިޔަފާރިއެއް އާންމުވެފައި މިވާ ދަނޑިވަޅުގައި، މިފަދަ ކަންތައްތަކަށް އެންމެންވެސް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!