ޔާމީނަށް ކުރާ އިތުރު ދައުވާތަކުގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ އިތުރު ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެވަނަ ދަޢުވާއާއި، ރިޝްވަތުގެ ދަޢުވާގެ އަޑުއެހުމެއް ބުދަދުވަހުގެ 13:30 އަށް ކުރިމިނަލް ކޯޓުގައި ބާއްވަން މިހާރު ވަނީ ތާވަލުކޮށްފައެވެ.

ބުދަ ދުވަހު ބާއްވާ ޝަރީޢަތުގެ އަޑުއެހުމަކީ ކުރީގެ ރައީސްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާ ގުޅުންހުރި ޝަރީއަތެކެވެ. އެ މައްސަލަ މިހާރު އޮތީ ދައުވާ އިއްވުމާއި ޖަވާބު ދާރީވުމުގެ މަރުހަލާގައެވެ.

މި ދެ ދައުވާ ވަނީ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލައި، އަދި އެ މައްސަލަތަކުގެ ޝަރީއަތް ވެސް އޮތީ ކުރިން ފަށާފައެވެ.

މި ދަޢުވާތައް ސާބިތުވެއްޖެނަމަ ރައީސް ޔާމިނުގެ މައްޗަށް ޖުމްލަ އަށް އަހަރުގެ ޖަލު ޙުުކުމެއް އަންނާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!