ރާއްޖޭގައި މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ދަނީ އޭނާގެ އިންސްޓަގްރާމް ގައި ރާއްޖޭގެ ރީތި ފޮޓޯތައް ހިއްސާކުރަމުންނެވެ.
ޓައިގާ ރާއްޖެ އައިސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއައުމަށް ފަހު އޭނާގެ އިންސްޓަގްރާމްގައި ޓީއެމްއޭގެ ސީޕްލޭންއެއްގެ ކައިރީގައި ހުއްޓި ހުރެ ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ.
އެއަށްފަހު މޫދުގައި ހުރެ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ޓައިގާ ވަނީ ދުނިޔެ ހިމާޔަތްކުރަން އަހަރެމެންނަށް ކުރަން ޖެހުނު ކޮންމެ ކުރަން ޖެހޭނެ ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ.
މީގެ އިތުރުން އޭނާ ވަނީ ރިސޯޓުގެ ފާލަން މަތީގައި ހުރެ ބެކް ފްލިޕެއް އަޅާފައެވެ. މި ޕޯސްޓަށް ގިނަ ބަޔަކު ދަނީ ކޮމެންޓު ކުރަމުންނެވެ. އެގޮތުން ޓައިގާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުއަރާފައިވާ ބަތަލާ ދިޝާ ޕާޓްނީ ވެސް ވަނީ އެއަށް ކޮމެންޓު ކޮށްފައެވެ. ދިޝާވެސް ދަނީ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.