އެއްއިރެއްގައި ސަލްމާން ހާން ޖޫހީ ޗާވްލާއާއި އެކު ސީރިއަސް ރިލޭޝަން ޝިޕަކަށް ދިއައެވެ. މި ރިލޭޝަން ޝިޕް ސީރިއަސް ކަމުން ސަލްމާން ޖޫހީގެ ބައްޕަ ކައިރިން ކައިވެންޏަށް ހުއްދައަށް އެދުނެވެ. ނަމަވެސް ޖޫހީ ގެ ބައްޕަ މިކަމަށް އިންކާރުކޮށް ސަލްމާން ރިޖެކްޓްކޮށް ލިއެވެ.
ރައިޒިން ސްޓާސް އަށް ސަލްމާން ހާން އޭރު ދިން އިންޓާވިއު އެއްގައި ބުނީ ޖޫހީ އަކީ ވަރަށް ލޯބި ކުޖެއްކަމަށާއި ޖޫހީގެ ބައްޕަ ކައިރިން ކައިވެންޏަށް ހުއްދައަށް އެދުނިން ކަމަށާއި ނަމަވެސް ބުނީ ނޫނެކޭ ކަމަށެވެ. ސަލްމާން މި ކަމުގެ ސަބަބަކަށް ބުނީ ބައްޕަގެ ޝަރުތުތަކަށް އޭނާ ނުފެތެނީ ކަމަށެވެ.
ޖޫހީ މިހާރު އިނދެގެން އުޅެނީ ޖޭ މެހެތާއާއި އެވެ. މި ފަހުން ޖޫހީގެ 53 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް އޭނާގެ ދަރިފުޅު ޖާންވި އާއި އަރުޖުން އަދި އާއިލާ އެއްކޮށްފެނިގެން ދިއައެވެ. ޖޫހީ ބުނިގޮތުގައި ލޮކްޑައުންގެ ސަބަބުން މިފަހަރު އުފަންދުވަސް ފާހަގަ ކުރީ ކުރިއާއި ހިލާފަށް ކަމަށާއި ނަމަވެސް އާއިލާއާއެކު އުފަންދުވަސް ފާހަގަ ކުރަންލިބުމުން އުފާވި ކަމަށެވެ.