ބަޖެޓުގައި ހުރީ އިގްތިސާދާ ނުބައްދަލު މަޝްރޫއުތަކެއް: ގަވަރުނަރު

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލިހަށް ހުށަހޅާފައިވާ ބަޖެޓުގައި ހުރި މަޝްރޫއުތައް އިގުތިސާދާ ނުބައްދަލު ކަމަށްމޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހުރީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. ގަވަރުނަރު ވިދާޅުވީ ކޮވިޑާ ގުޅިގެން އިގުތިސާދު ދަށްވެފައިވާއިރު އިގުތިސާދާ ނުބައްދަލު ބޮޑެތި މަޝްރޫއުތައް ބަޖެޓްގައި ޖެހުމުން ލަފާކުރާ މިންވަރަށް އާމްދަނީ ނުލިބިއްޖެނަމަ މަޝްރޫއުތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.

ގަވަރުނަރު ވަނީ ބަޖެޓުން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންކަން މަޑު ޖައްސާލުމަށް ލަފާދެއްވާފައެވެ. އެގޮތުން ބޭރުފައިސާ ލިބުން ދަތިވެފައިވާއިރު މަޝްރޫއުތަކަށް ބޭނުންވާ ބޭރުފައިސާ ޔަގީންކުރުމަށްފަހު ނޫނީ ނުފެށުމަށާ، ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑު ޖައްސާލުމަށް ގަވަރުނަރު ލަފާ ދެއްވިއެވެ.

އޭގެ އިތުރުން ގަވަރުނަރު ވަނީ ބަޖެޓުގައިވާ މަޝްރޫއުތައް ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ގެއްލުން ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ 34.5 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް މިދިޔަ ހޯމަ ދުވަހު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!