ދަރިފުޅަށް މި ތަކެތި ކާންދީ، ހެދި ބޮޑުވުމަށް ވަރަށް މުހިންމު!

ކުދިންނަށް ހެލްތީކާނާ ކާން ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ކުދިންގެ ހަށިގަނޑަށް، ހެދި ބޮޑުވުމަށާއި ގުނަވަންތައް މަސައްކަތް ކުރުމަށް ރަނގަޅުކާނާ ބޭނުންވެއެވެ. އަދި މި ބަލި ގިނަ ދުވަސްކޮޅު ޖަންކު ފުޑް އަށްވުރެން ފައިދާ ހުރިކާނާ ކެއުން މުހިންމެވެ. މިކިޔައިދެނީ ކުދިންނަށް އެފަދަ ފައިދާތަށް ލިބޭ އެއްޗިސްއެވެ.

ސްޓޯބެރީ

ސްޓޯބެރީ ރީތީ ހަމައެކަނި ބަލާލުމަށާޢި ލާ ރަހައަކުން ނޫނެވެ. އޭގެން ހަށިގަނޑަށް ލިބޭ ފައިދާއިންނެވެ. ސްޓޯބެރީގައި ހުންނަ އެންޓި އޮކްސިޑެންޓް ތަކުން ހަށިގަނޑަށް ވަރަށް ފައިދާ ކުރެއެވެ. އަދި ސްޓޯބެރީގައި މެންގަނީސް އަދި ޕޮޓޭސިއަމް ވަރަށް ގިނަ އަދަދަކަށް ހިމެނެއެވެ.

ދޮން ކެޔޮ

ގިނަ ކުދިންނަށް ދޮންކޭލަކީ ވަރަށް މީރު މޭވާއެކެވެ. ދޮންކޭލުގައި ވަރަށް ހައި ލެވެލްއަކަށް ގުލްކޯސް ހިމެނެއެވެ. ވަރުބަލި ދުވަހަކަށްފަހު ކުދިންނަށް ދޮންކޭލުން ދުޅަވެފައި ހުންނަ ތަންތަން ދުޅަކަނޑުވައި ދެއެވެ. އަދި ނާވް ސިސްޓަމް ވަރުގަދަކޮށްދެއެވެ. އަދި އޭގައިވާ ވިޓަމިން ބީ6 ވައިޓް ބްލަޑް ސެލް އުފައްދައިދެއެވެ.

ލުނބޯ

އަގައިން ނުބައި ވަސްދުވާނަމަ ލުނބޯ ފަނިތައްޓެއް ދޭށެވެ. ހެނދުނު ހޭލާގޮތަށް ލުނބޯ ފަނި ތަށްޓެއް ބޯނަމަ ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ. އަދި މީގައި އެކުލެވޭ ވިޓަމިން ސީ ގެ ސަބަބުން ހަންގަނޑު ރަނގަޅުވެ ކިޑްނީގައި ހިލައުފެދުމުން ދުރުކޮށްދެއެވެ.

ބްރޮކޮލީ

ބްރޮކޮލީގެ ސޫޕް އަކީ ހާޓް އެޓޭކްތަކުން ދުރުކޮށްދޭ އެއްޗެކެވެ. ބްރޮކޮލީ އަކީ ގިނަ ކުދިންނަށް އެހާ ކަމުނުދާ އެއްޗެއް ނަމަވެސް ހިތުގެ ބަލިތަކުން ބްރޮކޮލީ ސަލާމަތްކޮށްދެއެވެ.

ކިރު

ކިރަކީ ވެސް ވަރަށް ގިނަ ކުދިންގެ ފޭވަރިޓެކެވެ. މި އަކީ ހެދި ބޮޑު ވުމަށް ވާރަށް މުހިންމު ބުއިމެކެވެ. ކިރުގައި އެކުލެވޭ ޕްރޮޓީންގެ ސަބަބުން ކަށިތައް ވަރުގަދަކޮށްދެއެވެ.

ކުދިންނަށް މިތަކެތި ކާންދޭން އުނދަގޫ ނަމަ އަމިއްލައަށް ކާން ބޭނުންވާ މޭވާ ނުވަތަ ތަރުކާރީ ޗޫސްކުރަންދޭށެވެ. މޭވާ ފަދަ ތަކެތި ގަންނައިރު ނުވަތަ ޕިއްޒާ ޓޮޕިން އަޅަން ދޭޢިރު އަމިއަލައަށް އަޅަންދޭށެވެ. އޭރަށް ކާހިތްވާނެއެވެ. އަދި ތަރުވާރީ އެއްޗިސް ބޭނުންކޮށްގެން ޑެކޮރޭޓުކޮށްފައި ރީތި އަދި ކަމުދާހެން ހީވާ ޑިޒައިނުގެ ތަށީގައި ކާންދޭށެވެ. އޭރަށް ފައިދާ ހުރި ކާނާ ކާންދޭން ފަސޭހަވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!