ހަނީމޫން ގެ ދުވަސްވަރު އަހަރެންގެ ނީލަން ކިޔަން ސަންޖޭ އުޅުނު: ކަރިޝްމާ

އެއްއިރެއްގައި ކަރިޝްމާ ކަޕޫރު އަދި އަބީޝޭކް ބަޗަން ކައިވެނި ކުރަންއުޅުނެވެ. ނަމަވެސް ސަބަބުތަކާއި ހެދި މި ރިލެޝަންނިމުމަކަށްއައެވެ. ދެން ކަރިޝްމާ ކައިވެނި ކުރީ ބިޒްނަސްމޭން ސަންޖޭ ކަޕޫރާއިއެވެ.

2003 ގައި ކުރި މިކައިވެންޏަށް ދެކުދިން ލިބިފައިވެއެވެ. މިއީ ސަންޖޭ ކަޕޫރުގެ ދެވަނަކައިވެންޏެވެ. މި ކައިވެނި މާ ގިނަދުވަހު ދެމިނޯވެ 2012 ގައި ވަރިވެފައިވެއެވެ. މިކައިވެންޏާމެދު ކަރިޝްމާ ހިތްހަމަނުޖެހޭ ކަމަށްވަނީ ބުނެފައެވެ. ފިލްމީ ދާއިރާ އާއި ގިނަ ދުވަސްތަކަކަށް ދުރުގައި ހުރުމަށްފަހު އެންމެ ފަހުން ކަރިޝްމާ ފެނިގެންދިޔަ ވެބްސީރީޒް “މެންޓަލްހޫޑް” ގައި އަދާކޮށްފައިވާ މަންމަގެ ރޯލުން ކަރިޝްމާއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ކަރިޝްމާ ބުނިގޮތުގައި ކައިވެނީގެ މައްސަލަތައް ޖެހެންފެށީ ހަނީމޫންގައި ސަންޖޭ އޭނާގެ ރައްޓެއްސަކާއި އެކު ޖެހުނު މައްސަލައަކުން ކަމަށެވެ.

ހަނީމޫން ގެ ދުވަސްވަރު އޭނާގެ ނީލަން ކިޔަން ސަންޖޭ އުޅުނުކަމަށް ކަރިޝްމާ ވަނީ ތުހުމަތު ކޮށްފައިއެވެ. މީ ގަބޫލު ކުރަންދަތި ނަމަވެސް ހަގީގަތް ކަމަށް ކަރިޝްމާ ވަނީ ބުނެފައިއެވެ. އަދި އެ ދެމެދުގައި މައްސަލަތަށް ޖެހެން ފެށުމުގެ އަސްލަކީ އެއީ ކަމުގައި އޭނާ ބުނެފައިއެވެ.

އަދި ކަރިޝްމާ ވަނީ އޭނާގެ މައިދައިތަވެސް އޭނާއަށް ބަނޑުބޮޑު އިރު އަނިޔާކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ބަނޑުބޮޑު އިރު މައިދައިތަ ހަދިޔާއަކަށްދިން ހެދުން އޭރު ނުލެވުމުން ސަންޖޭއާއި އޭނާގެ މަންމަ ރުޅިއައިސްގެން މޫނުމަތީގައި ޖެހިކަމަށްވެސް އޭނާބުނިއެވެ. އަދި ސަންޖޭ އޭނާގެ ކުރީގެ އަބިމީހާއާއި ގުޅުން އޮންނަކަމަށްވެސް ކަރިޝްމާބުންޏެވެ.

އެދެމީހުން ވަރިވުމަށްފަހު ސަންޖޭ ކަޕޫރް ވަނީ ޕްރިޔާ ސަޗްދޭވްއާއި 3 ވަނަ ކައިވެންޏެއްކޮށްފައެވެ.   

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!