އުތީމު ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑުކޮށްފި އެވެ. 

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނާ ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށެވެ. އެލްޖީއޭއިން އަބްދުﷲއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އޭނާ ސަސްޕެންޑް ކުރުމަށް އެ އޮތޯރިޓީން ނިންމީ މި މަހުގެ 8 ވަނަ ދުވަހު ބޭއްވި އެ ބޯޑްގެ 28 ވަނަ ބައްދަލްވުމުގައި ކަމަށެވެ. އޭނާ ސަސްޕެންޑް ކުރަން ނިންމީ އުތީމުގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުމާއި ގުޅޭ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލައާ ގުޅުންހުރި 10 ކަމެއްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ދީފައެވެ.

އަބްދުﷲ ވަނީ ކުރިއަށް އޮތް އިންތިހާބުގައިވެސް އެ ރަށު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތި ލުމަށް ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!