ރާއްޖޭގައި 3.7 ޕަސެންޓް މީހުން މަރުވަނީ ހަކުރު ބަލީގައި

ރާއްޖޭގައި 3.7 އިންސައްތަ މީހުން ކޮންމެ އަހަރަކު މަރުވަނީ ހަކުރު ބަލީގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަޙައްމަލު ކުރަމުންދަނީ “ޓައިޕް 2 ޑައިބެޓީސް” އެވެ. 2019 ވަނަ އަހަރުގައި 4.2 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގެ ޑިމަގުރަފިކް ހެލްތް ސާވޭ 2016-2017 އިން ދެއްކި ގޮތުގައި 4 ޕަސެންޓު އަންހެނުން އަދި 2 ޕަސެންޓު ފިރިހެނުން ވަނީ ހަކުރުބަލި ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 50 ޕަސެންޓު އަންހެނުން އަދި 40 ޕަސެންޓު ފިރިހެނުން ހަކުރުބައްޔަށް ބޭސްފަރުވާކުރާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އަދި 2018 ވަނަ އަހަރުގައި ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓް އިން ދައްކާ ގޮތުގައި ރާއްޖޭގައި 3.7 ޕަސެންޓު މީހުން މަރު ވަނީ ހަކުރުބަލީގެ ސަބަބުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!