ބަރުދަން ލުއިކުރަން މެންދުރު މިކަންކަން ކުރޭ!

ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް މިފަހަރު މި ކިޔައިދެނީ، މެންދުރު ގަޑީގައި ކެއުމުގައާއި އެހެން ގޮތް ގޮތުން ބަރުދަން ލުއިކުރަން އެހީވެދޭނެ ބައެއް ކަންތައްތަކެވެ:

1. ފެންބުއިން

ބައެއް ފަހަރަށް ކަރުހިއްކާފައި ހުރުމާއި ބަނޑުހައިވުމާ އޮޅޭގޮތް ވެއެވެ. އެހެންކަމުން، މެންދުރުގެ ކެއުން ނިންމާފައި، ނުވަތަ އޭގެކުރިން ވިޔަސް ގިނަ ގިނައިން ފެންބޯށެވެ. އޭރުން އެއީ ކަރުހިއްކުންތޯ ނުވަތަ ބަނޑުހައިކަންތޯ ވަކިކުރަން އެނގޭނެއެވެ. އަދި ބޭކާރު ގޮތެއްގައި ލުއިކާނާތައް ނުކައި ވާނެއެވެ.

2. ހަމަޖެހިގެން ކެއުން

މެންދުރުގެ ކެއުން ކާ ގަޑީގައި، ކެއުމާ ވެގެން ސީދާ އެކަމަށް ސަމާލުކަންދީގެން ކާށެވެ. އަދި ފޯނާ ކުޅުމާއި، ކައިރީގައި ތިބޭ މީހުންނާ އަނގަތެޅުން ފަދަ ކަންކަމުން ދުރުވާން ވާނެއެވެ. ނޫންނަމަ ފޯނަށް ގެއްލިގެން އިނދެ ކެވޭ މިންވަރެއް ވެސް ނޭނގޭނެއެވެ.

3. ބަނޑުހައިވީމަ ކާން އާދަކުރޭ

ބަނޑުހައިކަންމަތީ މާ ގިނައިރު ހުރުމުގެ ބަދަލުގައި، ފުރަތަމަ ބަނޑުހައިވާއިރަށް އަވަހަށް ކާންދާން އާދަކުރާށެވެ. ނޫންނަމަ މާ ގިނައިރު ބަނޑުހައިކަން މަތީ ހުރެގެން އެންމެފަހުން ކާން އިށީނދެފައި މާ ގަދަޔަށް ކެއުން އެކަށީގެންނެވެއެވެ.

4. އެހެން މީހުންގެ ތަށްޓަށް ނުބަލާ

ބަރުދަން ލުއިކުރަން ބޭނުންވާ މީހާ ކާނީ ފައިދާހުރި ކާނާއެވެ. ނަމަވެސް ޖެހިގެން އިންނަ މީހާ ބާގާ، ޕިއްޒާފަދަ އެއްޗެއް ނަގައިގެން އިނދެދާނެއެވެ. އެހެންކަމުން އެ އެއްޗެހީގެ އަވާގައި ޖެހި، އޭނާގެ ތަށްޓަށް އަތް ފޯރުވާ ހިސާބަށް ދިޔުން ގާތެވެ. އެހެން ކަމަށް ވަންޏާ ތިމާގެ ކެލޮރީ ކައުންޓު އިތުރުވެގެންދާނެއެވެ. ވީމާ، އެހެން މީހުންގެ ތަށްޓަށް ނުބަލައި އަމިއްލަ ތަށީގައި ހުރި އެއްޗެހި ކެވޭތޯ ބަލާށެވެ.

5. ކައި ނިންމައިގެން ހަރަކާތްތެރިވުން

މެންދުރުގެ ކެއުން ނިންމާގޮތަށް ތަނެއްގައި އިށީނދެގެން އިނުމުގެ ބަދަލުގައި ހިނގާލާ ހަދާލާށެވެ. އޭރުން ކެލޮރީތައް ވިރިގެންދާނެއެވެ. އަދި މީހާގެ މޫޑަށް ވެސް ހެޔޮ ބަދަލެއް އަންނާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!