މީރާއަށް އެންމެ ރީތި ކުލަ މިއޮތީ!

ފިލްމީ ތަރިއަކަށް ނުވިޔަސް، ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތަކީ ބޮޑު ފޭން ފޮލޮވިންގެއް އޮންނަ، މަޝްހޫރު މީހެކެވެ. އެގޮތުން މީރާ އިންސްޓަގްރާމްގައި ހިއްސާކުރާ ކޮންމެ ފޮޓޯއަކަށް އެތައް ހާސް ލައިކެއް ލިބި، އެތައް ބައެއްގެ ލޯތައް އަމާޒުވެއެވެ. އެގޮތުން މިފަހަރު މީރާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއާއެކު ވަނީ އޭނާއަށް އެންމެ ރީތި ކުލަ ފޭނުންނަށް ދައްކާލައިފައެވެ.

26 އަހަރުގެ މީރާ އިއްޔެ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކީ، ރީނދޫ ކުލައިގެ ހެދުމެއް ލައިގެން ނަގާފައިވާ ވަރަށް ހިތްގައިމު ފޮޓޯއެކެވެ. އަދި އޭގެ ކެޕްޝަންގައި ޖަހާފައިވަނީ، ރީނދޫކުލަ ދެކެ ލޯބިވާ ވާހަކައެވެ. އެއް ލައްކައަށްވުރެ ގިނަ ލައިކު ލިބިފައިވާ ފޮޓޯއަށް ކޮމެންޓުކުރި ގިނަ މީހުން ވަނީ މީރާއާ އެ ކުލަ ވަރަށް ގުޅޭ ކަމަށް ބުނެފައެވެ.

މީރާ އަކީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރި މީހެކެވެ. އެގޮތުން ފިރިމީހާ ޝާހިދާއި އެމީހުންގެ ދެދަރިންގެ ފޮޓޯތައް ވެސް ދޭތެރެދޭތެރެއިން ހިއްސާކުރަމުން އާދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!