ކަންގަނާގެ މި ހެދުން ފަހަން އަހަރަކަށްވުރެ ގިނަ ދުވަސް ނެގި!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނައުތު، އޭނާގެ ބޭބެގެ ކައިވެނީގެ ހަފްލާއަށް ލީ “ލެހެންގާ” ތައްޔާރުކުރަން ނެގި ދުވަސް ހާމަކޮށްފިއެވެ.

ދަނބާއި، ނޫ އަދި ފެހި ކުލައިން ޖަރީކޮށްފައިވާ އެ “ލެހެންގާ” އާ ބެހޭގޮތުން ޓްވިޓާގައި ހިއްސާކުރަމުން ބުނީ، އެއީ ގުޖްރާތީގެ ފަރުމާއެއްގައި ތައްޔާރުކޮށްފައިވާ ހެދުމެއް ކަމަށެވެ. އަދި “ބަންދަނީ” ނަމަކަށް ކިޔާ އެ ފަންނަކީ ނެތެމުން އަންނަ އެއްޗަކަށްވުމުން، އެ ޑިޒައިން ބޭނުންކޮށްގެން ހެދުން ފެހުމުގެ ޝަރަފު ލިބުނީތީ އުފާކުރާ ކަމަށް ބުނެފައިވެއެވެ.

“ކުއީން” ގެ ބަތަލާ ބުނީ އެ ހެދުން ފަހައި ނިންމަން ގާތްގަނޑަކަށް 14 މަސް ނެގި ކަމަށެވެ. “ލެހެންގާ” ފަހައި ފަރުމާކޮށްދިނީ އަނުރާދާ ވަކީލް ނަމަކަށް ކިޔާ ޑިޒައިނަރެއްކަން ފާހަގަކޮށް، އޭނާއަށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން “ލެހެންގާ” އާއެކު ބޭނުންކުރި ގަހަނާ ފަރުމާކޮށްދިނީ މަޝްހޫރު ޑިޒައިނަރު ސަބްޔަސާޗީ ކަމަށް ކަންގަނާ ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!