ކާޖަލްގެ ދެމަފިރިން ކަނޑުއަޑީގެ ކޮޓަރީގައި ނަގާފައިވާ ފޮޓޯތައް ފެނުންތަ؟

ހަނީމޫނަށް ރާއްޖެ އައިސްގެން އުޅޭ އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލާއި އޭނާގެ ފިރިމީހާ ގޯތަމް ކިޗްލޫ، ކޮންރެޑް ރިސޯޓުގައި ހުންނަ “ދަ މުރަކަ”އިގެ ކަނޑުއަޑީ ބެޑްރޫމްގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފިއެވެ.

ރެއަކަށް 50،000 ޑޮލަރު ދީގެން ހުރެވޭ އެ ކޮޓަރީގައި ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން ކާޖަލް ބުނީ އޭނާ ނިދައިހޭލީ އެތާނގައި ކަމަށެވެ. އޭނާ ވަނީ އެތަނުގެ ހިތްގައިމު ކަމަށް ތަޢުރީފުކޮށްފައިވެއެވެ. އަދި ބޭރު ބަލައިލުމުން ކަނޑުގައި އުޅޭ މަސްތައް ފެންނާތީ އެކަން ފާހަގަކޮށްފައިވެއެވެ.

ކާޖަލް އާއި ވިޔަފާރިވެރިޔާ ގޯތަމް ކައިވެނިކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު 30 ގައެވެ. އަދި އޭގެފަހުން ހަނީމޫނަށް ރާއްޖެއަށް އައިތާ މިވަނީ ހަފްތާއަކަށްވުރެ ގިނަ ވެފައެވެ. އަދިވެސް އެ ދެމަފިރިން ތިބީ ކޮންރެޑް ރިސޯޓުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!