މަނަދޫގައި އިމާރާތްކުރާ ފެނަކަ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ނ. މަނަދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ އޮފީސް އިމާރާތުގެ ބިންގާ އަޅައި ދެއްވީ ފެނައިކައިގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ސައީދް އާއި, މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ މަދަނޫގައި ފެނަކައިގެ އޮފީސް އެޅުމުގެ ސަބަބުން އެސަރަހައްދުގެ ރަށްތަކަށްވެސް އެކަމުގެ ފައިދާ ލިބިގެންދާނެކަމަށެވެ. އަދި މިމަޝްރޫއަކީ ސަރުކާރުން ރަށްރަށުގައި ދެމުންދާ ކަރަންޓުގެ ހިދުމަތްތައް ފުޅާކޮށް، ހަރުދަނާ ގޮތެއްގައި ދިނުމަށް ގާއިމްކުރެވޭ އޮފީހެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!