ބިގް ބޮސް 14: ރާހުލް އިންނަން އެހުމުން ބޭރުގައި ހުރި ލޯބިވެރިޔާ އުފަލުން ފޮޅިފައި

ކަލާޒް އިން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ “ބިގް ބޮސް 14” ގެ ބައިވެރިންގެ ތެރެއިން ލަވަކިޔުންތެރިޔާ ރާހުލް ވައިދްޔާ، ބިގް ބޮސްގެ ގޭގައި ހުރެގެން އޭނާގެ ލޯބިވެރިޔާ ދިޝާ ޕަރްމަރް ކައިރީގައި އިންނަން އެހުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ޓީވީ އެކްޓްރެސް ދިޝާ އާ އިންނަން ރާހުލް އެހީ ބުދަ ދުވަހުގެ އެޕިސޯޑުގައި، ދިޝާގެ އުފަންދުވަހާ ދިމާކޮށެވެ. އެގޮތުން ކެމެރާތަކަށް ފެންނާނެހެން ކަކޫ މައްޗަށް ތިރިވެ ބޭރުގައި ހުރި ލޯބިވެރިޔާ ކައިރިން އިންނަން އެހުމުން ދެންތިބި ބައިވެރިން ވަނީ ތަރުހީބު ދީފައެވެ. އަދި އެތަންކޮޅު މީސްމީޑިއާގައި ހިއްސާކޮށް ގިނަ ބަޔަކު އަންނަނީ ރާހުލް އާއި ދިޝާއަށް ތަޢުރީފުކުރަމުންނެވެ.

އަދި އެކަމުގައި ދިޝާ ދެކޭގޮތުން ބެލުމަށް އޭނާގެ އެކުވެރިއަކު ދިޝާގެ އުފަންދުވަސް ފާހަގަކުރުމުގެ ތެރެއިން، ދިޝާ މާ އުފަލުން ހުރީ ކީއްވެތޯ އަހަމުން ބުނީ އެއީ ނެޝަނަލް ޓީވީގައި މީހަކު އިންނަން އެހުމުންތޯ އެވެ. ޓްވިޓާގައި ވައިރަލްވެގެން އުޅޭ ވީޑީއޯއިން ފެންނަނީ އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ދިޝާ ލަދުން މޫނު ފޮރުވާ ތަނެވެ.

ރާހުލް އަކީ “ބިގް ބޮސް” ގެ މިފަހަރުގެ ސީޒަނުގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ބައިވެރިޔާއެވެ. އޭނާއާ ދިޝާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!