ކަރިޝްމާއަށް ކޮފީ ދޭނެ މީހަކު ހޯދަނީ

ނުވަދިހައިގެ އަހަރުތަކުގައި ބޮލ؛ީވުޑްގައި އެންމެ ގަދައަށް ވިދާލި އެއް ބަތަލާ ކަރިޝްމާ ކަޕޫރު އަކީ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ރަންދީރު ކަޕޫރާއި ބަބީތާ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅެވެ.

ކަރިޝްމާ އަކީ ސޯޝަލްމީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ ތަރިއެކެވެ. އެގޮތުން އޭނާ ކުރާ ޕޯސްޓުތަކަށް ގިނަ ބައެއްގެ ސަމާލުކަމެއް ލިބެއެވެ.

ހެނދުނު ހޭލިގޮތައް ނެގި ސެލްފީ އަކާއެކު ގިނަ ބަޔަކު ވަނީ އޭނާގެ ރީތިކަމަށް ތައުރީފު ކޮށްފައެވެ. ކަރިޝްމާ ހިއްސާ ކުރި އެ ފޮޓޯއާއި އެކު އޭނާ ވަނީ އެންމެނަށް ހެނދުނުގެ މަރުހަބާ ކިޔާފައެވެ. އަދި ވަނީ މީހަކު އޭނާއަށް ކޯފީއެއް ގެނެސްދިނުމަށް އެދިފައެވެ.

ބަތަލާ ކަރިޝްމާ އެންމެ ފަހުން ލީޑު ރޯލަކުން ފެނުނީ 2012 ވަނަ އަހަރު “ޑޭންޖަރަސް އިޝްގް” އިން އަދި މިއަހަރު ނުކުތް ވެބް ސީރީޒް “މެންޓަލްހުޑް” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!