ޝެހެނާޒްއާއި ދުވަހަކުވެސް ވާހަކައެއް ނުދައްކާނަން: ބައްޕަ

“ބިގް ބޮސް 13” އިން ވިދައިލި ޖޯޑު ސިދާތު ޝުކްލާ އާއި ޝެހެނާޒް ގިލްގެ ކުރިއަށް އޮތް ވީޑިއޯ ލަވައަށް ދަނީ ޗަންޑީގަރްގައި ޝޫޓް ކުރަމުންނެވެ.

ޝެހެނާޒްއާއި ސިދާރްތް ޗާންދިގަރްއަށް އައި ހަބަރާއެކު ޝެހެނާޒްގެ ބައްޕަވަނީ އޭނާއަށް ގުޅައި ޕަންޖާބަށް އައުމަށް އެދިފައެވެ. ޝެހެނާޒްގެ ބައްޕަ ބުނި ގޮތުގައި ޝެހެނާޒް ޗާންދިގަރްއަށް އައި ކަން އިނގުނީ ހަބަރުތަކުން ކަމަށާއި އެހިސާބަށް އައުމުން އޭނާއަށް ގުޅައި ދެ ގަޑިއިރުން ދުއްވާފައި ދެވޭ ޕަންޖާބަށް އައުމަށް ވަނީ އެދިފައެވެ.

ޝެހެނާޒްގެ ބައްޕަ ބުނި ގޮތުގައި އޭނާ ދެން ފެންނާނެ ދުވަހެއްވެސް ނޭނގޭތީ އަދި ޝެހެނާޒްގެ ކާފަ ކަކުލުގެ އޮޕަރޭޝަންއެއް ކޮށްގެން އުޅޭތީ އައުމަށް ބުނުމުން ޝެހެނާޒް ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. ޝޫޓިންގެ ކަންތަކާއި ބިޒީކޮށް އުޅުމާއިއެކު އަދި އެހިސާބަށް ދަތުރުކުރުމަށް ވަގުތެއް ނެތް ކަމަށް ޝެހެނާޒްބުނެފައިވާ ކަމަށް އޭނާގެ ބައްޕަ ބުނެއެވެ.

ޝެހެނާޒްގެ ބައްޕަ އިތުރަށް ބުނެފައިވަނީ އޭނާގެ މެނޭޖަރުގެ ނަންބަރުވެސް ނޭންގޭތީ އިތުރަށް ގުޅޭނެ ގޮތެއް ނުވާ ކަމަށާއި އެހެންކަމުން މިހާރު ނިންމައިގެން މިހިރީ ދެން އިތުރަށް މުޅި އުމުރުގައިވެސް އޭނާއާއި ވާހަކަ ނުދައްކަން ކަމަށެވެ.

ފޭނުންގެ މެދުގައި “ސިޑްނާޒް” ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ޖޯޑަކީ، މީސްމީޑިއާގައި ވެސް ވަރަށް ބޮޑު ފޭން ފޮލޮވިންގެއް އޮންނަ ޖޯޑެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!