ފޭނަކު އިންނަން އެހުމުން ތާރާ ފައްކާ ޖަވާބެއް ދީފި!

ތާރާ ސުތާރިއާ އަކީ ބޮލީވުޑަށް އަލަށް ވަތް ކުދިންގެ ތެރެއިން، ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އަދި ކުރިއަށް އޮތްތާގައި ބޮލީވުޑްގައި ކުރިއަރައިގެންދާނެ ފަދަ ތަރިއަކަށް އޭނާ ވަނީ ވެފައެވެ.

ތާރާއަކީ “ސްޓޫޑެންޓް އޮފް ދަ އިޔާ 2” އަދި މި ފަހުން އޭނާގެ ދެވަނަ ފިލްމު “މަރްޖާވާން” ފަދަ މަގުބޫލުފިލްމުތަކުގައި ލީޑް ރޯލު ކުޅެފައިވާ ތަރިއެކެވެ.

ތާރާ އަކީ ސޯޝަލްމީޑިޔާގައި މަޝްޙޫރު ތަރިއެކެވެ. މި ފަހުން ތާރާވަނީ އޭނާގެ ޕްރޮފައިލްއަށް ލައިފައިވާ ފޮޓޯތަކަށް ލިބިފައި ހުރި ކޮމެންޓްތަކަށް ރައްދުދީފައެވެ. ފޭނަކު ވަނީ ތާރާ ކާއިރީގައި އިންނަން އަހާފައިއެވެ. “ކޮން އިރުކުން އަހަރުމެންގެ ވެޑިންގ އޮތީ” އެމީހާ ސުވާލުކޮށްފައި ވެއެވެ.

ތާރާ ދިން ޖަވާބު ވަރަށްވެސް ހިތްގައިމެވެ. ތާރާ ބުނެފައިވަނީ ފުރަތަމަ މީޓް ކުރަން ވަރަށް ބޭނުން ކަމަށާއި އެކަމަކު މީޓްވާނީ  ކޮވިޑްގެ ކަންތަޢް ހަމައަކަށް އެޅުނީމައި ކަމަށެވެ. އަދި ފަހަރެއްގައި ފުރުސަތުގެ ބޭނުންހިފާފާނެ ކަމާއި ވާނެގޮތެއްނޭނގޭނެއް ނޫންހޭ ބުނެ ރިޕްލައި ދީފައިވެއެވެ.

ތާރާ ދެން ފެނިގެންދާނީ މޯހިތް ސޫރީގެ “އޭކްވިލެން 2” އިން އަރުޖުން ކަޕޫރާއި އެކު ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. މީގެ އިތުރުން މަޝްޙޫރު ތަރި ޓައިގާ ޝްރޮފްއާއި އެކު “ހީރޯޕަންތީ 2” އިންވެސް ތާރާ ފެނިގެންދާނެއެވެ.   

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!