އޮކްޓޯބަރު މަހު 370.57 މިލިއަން ރުފިޔާ މީރާއަށް ލިބިއްޖެ

އާމްދަނީގެ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު 370.57 މިލިއަން ރުފިޔާ މީރާއަށް ލިބިއްޖެއެވެ.

މީރާއިން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނީ އޮކްޓޯބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮކްޓޯބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.

މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 63.3% ނުވަތަ 247.42 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %13.4 ނުވަތަ 52.39 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ (5.2%)، ރެސިޑެންޓް ޕަރމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ (4.7%)، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ (2.4%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 42.56 މިލިއަން ރުފިޔާ (10.9%) ހިމެނެއެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!