އިދިކޮޅު ކޯލޝަނުން އިންޑިޔާގެ ފޮރިން ސެކްރެޓަރީއާއި ބައްދަލުކުރައްވައިފި

ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ ފޮރިން ސެކްރެޓަރީ ޝްރީ ހަރްސް ވަރްދަން ޝްރިންގްލާއާއި އިދިކޮޅު ކޯލިޝަން ޕްރޮގްރެސިވް-ކޮންގްރެސްގެ އިސްވެރިންނާއި އެޑްވައިޒަރުން މިއަދު ބައްދަލުކުރައްވައިފިއެވެ.

މާލޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަންގައި ބޭއްވުނު އެބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ޕީޕީއެމްގެ ރައީސް ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން ނުހައްގުން ދެމުންދާ އަނިޔާތަކާމެދު ވާހަކަ ދައްކާފައެވެ.

ރައީސް ޔާމިންގެ ޝަރީއަތަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެތައް ގޮތަކުން ފުށުއަރާ ޝަރީއަތެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ޖަލުގައި ހުންނަވާތާ އެއް އަހަރާ ގާތްވަމުންދާ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައާ މެދު ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި އެ ކޯލިޝަންގެ ކަންބޮޑުވުން ހުރި ތަފާތު ކަންކަން ހުށައެޅިއެވެ. އަދި ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން ވަނީ އިންޑިޔާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހި ރައްޔިތުން ތަމްޞީލުކުރާ އެންމެހާ ފަރާތްތަކާ މަޝްވަރާކުރުމަކީ އިންޑިޔާގެ ސިޔާސަތުކަމާއި، ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރައްވާ ވާދަވެރި ސިޔާސީ ލީޑަރުން އެމަނިކުފާނާ ބައްދަލުކޮށްލައްވަން ވަޑައިގެންކަމަށްޓަކައި، ފޮރިން ސެކްރެޓަރީ ޝްރިންގްލާ ޝުކުރު އަދާކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!