ޖާންވީ މިފަހަރު ދައްކައިލީ 1950 ގެ ލުކެއް، ވަރަށް ހިތްގައިމު!

ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު، ތަފާތު ފޮޓޯ ޝޫޓެއްގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށް ފޭނުންގެ ސަމާލުކަން އަތުލައިފިއެވެ.

23 އަހަރުގެ ބަތަލާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުން ފެންނަނީ 1950 ގައި އިންޑިއާ އަންހެނުން، އަދި ޙާއްސަކޮށް ބޮލީވުޑްގެ ބަތަލާއިން ހެދުން އަޅައި އުޅުނު ގޮތަށް ހެދުން އަޅައިގެން ހުއްޓައެވެ. އަދި މޭކަޕާއި އިސްތަށިގަނޑުވެސް ހަދާފައި ވަނީ އޭރުގައި ހުންނަ ގޮތަށެވެ.

އެ ޒަމާނުގައި އަންހެނުން އަޅައި އުޅުނު ސާޅީއެއްގެ ދެ ޑިޒައިން ދައްކާލާފައި ވާއިރު، މި ފޮޓޯތަކަށް ވަނީ 4 ލައްކައަށްވުރެ ގިނަ ލައިކު ލިބިފައެވެ. އަދި އެ ޕޯސްޓަށް ކޮމެންޓުކުރި ގިނަ ބަޔަކު ވަނީ ޖާންވީގެ ރީތިކަމަށް ތަޢުރީފުކޮށް، އެ ހެދުންތައް ވަރަށް ގުޅޭ ކަމަށް ބުނެފައެވެ.

ޖާންވީ އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދޮށީ ދަރިފުޅެވެ. “ދަޅަކް” އިން 2018 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ޖާންވީ ވަނީ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އަދި އޭނާގެ ގިނަ ފިލްމުތަކެއް ކުރިއަށް ވެސް އެބަހުއްޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!