ދިޕިކާ ބެކްގްރައުންޑް މޮޑެލެއްގެ ގޮތުގައި އުޅުނު ދުވަސްވަރުގެ ފޮޓޯއެއް ވައިރަލްވެއްޖެ

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ އަގުބޮޑު ބަތަލާ ދިޕިކާ ޕަޑުކޯން ފިލްމީ ދާއިރާއަށް ނުކުތްތާ 13 އަހަރު ފުރިފައި ވަނިކޮށް، އޭނާގެ ކުރީގެ ފޮޓޯއެއް މީސްމީޑިއާގައި ވައިރަލް ވެއްޖެއެވެ.

2007 ވަނަ އަހަރު ނުކުތް “އޯމް ޝާންތީ އޯމް” އާއެކު ބޮލީވުޑަށް ތަޢާރަފްވި ދިޕިކާއަކީ މީގެކުރިން ފެޝަން މޮޑެލެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. އެގޮތުން މިހާރު ވައިރަލްވެގެން އުޅޭ ފޮޓޯއިން ފެންނަނީ ކުރީގެ އެކްޓަރު ފަރްދީން ޚާން ބައިވެރިވި ފެޝަން ޝޯއެއްގައި ބެކްގްރައުންޑު މޮޑެލެއްގެ މަގާމުގައި ހުއްޓައެވެ. އޭރު ދިޕިކާއަކީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް މީހެއް ވެސް ނޫނެވެ. ނަމަވެސް “އޯމް ޝާންތީ އޯމް” އާއެކު ދިޕިކާ ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔައެވެ. އަދި އޭގެފަހުން އޭނާ މުޅިން ހެން ކުޅެފައިވަނީ ހިޓް ފިލްމުތަކެވެ.

“އޯމް ޝާންތީ އޯމް” އަށް 13 އަހަރުވުން ފާހަގަކުރުމުގެ ގޮތުން ދިޕިކާ ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓުތަކުގެ ނަން ޝާންތީޕްރިޔާ އަށް ބަދަލުކޮށްފައެވެ. އެއީ އެ ފިލްމުގައި އޭނާ ކުޅުނު ކެރެކްޓާގެ ނަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!