ސޯނަމް ބުނަނީ އާނަންދު ވަރުގެ ރޮމެންޓިކް ފިރިއެއް ނުލިބޭނެ ކަމަށް!

މީގެ ދެ އަހަރު ކުރިން ކައިވެނި ކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރް، އޭނާގެ ކައިވެންޏާ ބެހޭ އާ ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

ދާދިފަހުން ‘އެޗްޓީ ބްރަންޗް’ އަށް ދިން އިންޓަވިއުއެއްގައި 35 އަހަރުގެ ބަތަލާ ވަނީ އާނަންދް އަހޫޖާއާ ދިމާވި ގޮތާއި ކައިވެނި ކުރެވުނު ގޮތް ވެސް ކިޔައިދީފައެވެ. މީގެ އިތުރުން ކައިވެންޏަށް ދެ އަހަރު ވެފައިވާއިރު، ރައްޓެހިވެގެން އުޅުނު ދުވަސްތަކާ މިހާރާ އަޅާކިޔާނަމަ ފެންނަ ތަފާތުތައް ކިޔައިދިނުމަށް އެދުމުން ސޯނަމް ބުނީ އެއްވެސް ތަފާތެއް ނުފެންނަ ކަމަށެވެ. ސަބަބަކީ އާނަންދަކީ ވަރަށް “ރޮމެންޓިކް” މީހަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން އާނަންދު އަދިވެސް ސޯނަމާ މުޚާތަބު ކުރަނީ “ގާލްފްރެންޑް” ގެ ނަމުން ކަމަށް ސޯނަމް ބުންޏެވެ. އަދި މަދުވެގެން ހަފްތާއަކު އެއްފަހަރު ދެމީހުން އެކުގައި ހިނގާލަން ގޮސް، ބޭރަށް ކާން ގޮސް ފިލްމު ބަލައިވެސް އުޅޭ ކަމަށް ކިޔައިދިނެވެ. ހަމައެހެންމެ ކަމަކާ ރުޅިއައިސްގެން ހުރެ ނިދަން ނުދާ ކަމަށް ބުންޏެވެ.

އެ ވާހަކަތައް ކިޔައިދެމުން ސޯނަމް ބުނީ އޭނާއަށް އަދިވެސް އިހުސާސްކުރެވެނީ ރައްޓެހިވެގެން އުޅޭއިރު ކުރެވޭ ފޮނި އިހުސާސްތައް ކަމަށެވެ. އަދި ކައިވެންޏަކީ ކޮންމެހެން ގުޅުމަށް ބަދަލު އަންނަންޖެހި، ދެމީހުން ދުރުވާންޖެހޭ ކަމެއް ނޫންކަން އޭނާ ފާހަގަކުރިއެވެ.

ސޯނަމް ކައިވެނިކޮށްގެން އުޅެނީ މުއްސަނދި ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!