މިދިއަ އަންގާރަ ދުވަހު 32 އަހަރު ފުރުނު އިންޑިއާ ކްރިކެޓް ޓީމް ގެ ކެޕްޓަން ވިރާޓް ކޯލީ ގެ އުފަންދުވަހުގެ ކޭކް ފެޅިއިރު ކާރީގައި އަންހެނުން އަދި ފިލްމީ ތަކި އަނުޝްކާ ޝަރުމާ ހުއްޓެވެ.
އައި ޕީ އެލް ގެ ޓޯނަމެންޓް ކުރިއަށް ދާތީ މި ދެމަފިރިން ހުރީ ދުބާއީ ގައިއެވެ. ވިރާޓް ގެ އުފަން ދުވަސް ފާހަގަ ކޮށްފައިވަނީ އަނުޝްކާ ގެ އިތުރުން ޓީމް މެމްބަރުންނާއި ސްޓާފުންގެ މެދުގައި ކުޑަ ގޮތަކަށެވެ. ސޯޝަލް މީޑިއާ ގައި ވައިރަލް ވެގެން އުޅޭ ވީޑިއޯގައި ފެންނަނީ ކޭކް ފެޅުމަށް ފަހު އަނުޝްކާ އަށް ކޭކް ލަވާ ތަނެވެ. އެއަށް ފަހު ދެން ފެންނަނީ ޓީމް މެންބަރުން އެކޭކު ވިރާޓް ގެ މުޅި ގައިގައި އުގުޅާ ތަނެވެ.
ވިރާޓް ކުޅޭ މެޗްތަކުގައި ސަޕޯޓް ކުރުމަށް އެންމެ ކުރީބަރީގައި އަނުޝްކާ އަބަދުވެސް އިނދެއެވެ. ދާދި ފަހުން އަނުޝްކާ އޭނާ ބަލިވެ އިންކަން އިއުލާން ކޮށްފައިއެވެ.
އަނުޝްކާ އާއި ވިރާޓް ކައިވެނި ކޮށްފައި ވަނީ ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ގުޅިގެން އުޅުމަށްފަހު ވަރަށް ސިއްރުން ހަފްލާއެއްގައި 2017 ވަނަ އަހަރު ގައިއެވެ.