2000 ގައި މިސްވޯލްޑް ޝޯގައި ޕްރިޔަންކާ ޗޯޕްރާގެ ހެދުމުގައި މައްސަލައެއްޖެހުނުކަމަށް ބުނެ އެވާހަކަ އެނާ ހިއްސާކޮށްފިއެވެ.
އޭނާ ބުނި ގޮތުގައި މިސްވޯލްޑްގެ ތާޖު އެޅުވުމުގެ ކުރީގައި އޭނާގެ ހެދުން ހުރީ ޓޭޕުން ތަތްކޮށްފައި ކަމަށާއި ބިރުން ދާހިއްލުމުގެ ސަބަބުން ޓޭޕުތައް ނެއްޓުނުކަމަށް އޭނާ ބުނެފައި ވެއެވެ. ހުރިހާ ވަގުތެއްގައި ދެއަތުން ހިފަހައްޓައިގެން ހުރުމުން އެންމެން ހީކުރީ ނަމަސްތޭ ކިޔަނީކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ހަފްލާއެއްގައި ޕްރިޔަންކާގެ ހެދުމުގެ މައްސަލައެއް ދިމާވިކަމަށްވެސް ބުންޏެވެ. އެއީ 2018 ގައި އޮތް މެޓް ގާލާގެ ރެޑްކާޕެޓްގައި ލައިގެން ހުރި ރަލްފްލައުރެން ވެލްވެޓް ގައުންއެވެ. އެ ހެދުން ހެދުމުގެ އަޑިން ލައިގެ ހުރި ކޯރސެޓް ބާރުކަމުން އޭނާއަށް ނޭވާލާން އުދަނގޫވިކަމާއި އެރޭ އެހާ ގިނައިން ނުވެސް ކެވުނުކަމަށް ބުނެފައިވެއެވެ..
މި ފަހުން ޕްރިޔަންކާ ވަނީ ރަތްކުލައިގެ ސާރީއެއްލައިގެން އޭނާގެ ފިރިމީހާ އާއިއެކު ކަރްވާޗޯތް ފާހަގަކޮށްފައެވެ.