ހިކެން ބޭނުންނަމަ، ކޮފީ މަދުކޮށް ފެން ބުއިން އިތުރު ކުރޭ!

ކޮވިޑާއި ގުޅިގެން ގިނަ މުއައްސަސާތަކުން ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެގޮތައް ހަދާފައެވެ. މިކަމުގައި ސިއްޙަތަށް ފައިދާއާއި އެއްވަރަށް ގެއްލުންތަކެއްވެސް ހުރިއިރު ގޭގައި ފިޓްކޮށް ތިބުމަށްޓަކައި މަޝްޙޫރު ނިއުޓްރިޝަނިސްޓް އާރޫޝީ އަގަރުވާލްވަނީ ޓިޕްސްތަކެއްދީފައެވެ.

ގޭގައި ލޮކްޑައުންވެގެން ތިބުންވީ ވަރަށް އުނދަގޫ ކަމަކަށްވީ އިރު ގަވައިދުން ޖިމަށް ދާމީހުންނަށްވެސް މިކަމުން ނޭދެވޭ އަސަރު ކުރިއެވެ. ގޭގައި  ތިބެގެން ގިނަމީހުންނަށް ކެވެނީ ހަށިގަނޑަށް ބެލުމެއްނެތިއެވެ. އައިސޮލޭޝަންއާއި ސޯޝިއަލްޑިސްޓެންސިންގެ އިތިރުން ޑައިޓު ކުރުމަކީވެސް އުނދަގޫކަމެކެވެ. ރަނގަޅު ސޯޝަލްޑިސްޓެންސިން އަކީ ފުރިޖު ކައިރިން ދުރުގައި ހުރުމާއިއެކު ޖަންކުފުޑް އައިސޮލޭޓްކޮށް ބަންދުކުރުން ކަމަށް އާރޫޝީ އަގަރްވާލް ބުނެފައިވެއެވެ.

ފިޓުކޮށް ތިބުމަށް ގޭގައި ޕުލޭންއެއް ތައްޔާރު ކުރެވިދާނެއެވެ. ނިދާ ގަޑިތަކާއި ކާގަޑިތައް އަދި ކަސްރަތުކުރާގަޑި ތާވަލުކޮށް އެއާއި އެއްގޮތައް އަމަލުކުރެވޭތޯ ބަލާށެވެ. ވީހާވެސް މަދުން ފޯނާއި ލެޕްޓޮޕް ފަދަތަކެތި ބަލާށެވެ.

އެންމެ މުހިންމު ކަމަކީ ފެންބޯލެއް ގިނަކުރުމެވެ. އަބަދުވެސް ގޭގައި އުޅޭއިރު ފެންފުޅި ކައިރީގައި ގެންގުޅޭށެވެ. ގޭތެރޭގައިވެސް އަބަދު އިށީނދެ އޮށޯވެ ނޯވެ ހަރަކާތް އިތުރުކުރާށެވެ.

ދެން އެންމެ މުހިންމު ކަމަކީ ކޮފީ ބޮވޭވަރު ގިނަ ނަމަ މަދުކުރުމެވެ. ގިނައިން ކޮފީ ބޯނަމަ ގޭސް،އެންޒައިޓީ އަދި ބޮލުގައިރިއްސުން ފަދަ ކަންކަން ގިނަވާނެއެވެ.

ގަޑިންގަޑިއަށްކާށެވެ. ހާއްސަކޮށް ހެދުނުގެ ސަޔަކީވަރަށް މުހިންމު ކެއުމެކެވެ. އޯޓްސް،މޭވާ އަދި ފައިބާ އެކުލެވޭ ދުވަހުގެ ހުރިހާކެއުމެއްގައި ހިމަނާށެވެ. އަބަދުވެސް ގޭގައި ތައްޔާތުކުރާ ތަކެތި ކެއުމަށް އާދަކުރާށެވެ.

ހަމަނިދި ހަމަކުރާށެވެ. ދުވާލަކު 8 ނުވަތަ 7 ގަޑިއިރުގެ ނިދި ހަށިގަނޑަށް ބޭނުންވެއެވެ. ނޫންނަމަ މީހާ ސްޓްރެސް ވާލެއްއަވަސްވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!