އެކުވެނި ސިންތެޓިކް ޓްރެކުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

މާލޭ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިންތެޓިކް އެޅުމުގެ މަސައްކަތް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝްވަރްދަން ޝްރިންގްލާ ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.

މިރޭ އެކުވެނި ޓްރެކްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނާއެކު ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ. 

އެ ރަސްމިއްޔާތުގައި ވަނީ އެކުވެނި ޓްރެކާއި ގުޅޭގޮތުންނާއި އެތަން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާލާފައެވެ. 1996 ވަނަ އަހަރު ގާއިމްކުރެވުނު ޓްރެކް އަލުން މަރާމާތުކޮށް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ. އެގޮތުން އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކުރިން ގާއިމްކުރަން ޖެހޭ ސަބް ބޭސްގެ މަސައްކަތް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕްގެ ފަރާތުންނެވެ.

އެ ކުންފުނިން އެ މަސައްކަތް ފެށީ ޖުލައި 26 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!