32 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ބަޔަކާ ޙަވާލުކޮށްފި

ރާއްޖޭގެ 32 ރަށަކަށް އައުޓްޑޯރ ޖިމްގެތަކެތި ގެންގޮސް އިންސްޓޯލް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައި ވަނީ ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.

އެކަމަށްޓަކާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި ސިނާން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ.

އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު، 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

  • ހއ. ބާރަށް
  • ހއ. ތަކަންދޫ
  • ހއ.މުރައިދޫ
  • ހދ. ކުޅުދުއްފުށި
  • ހދ. ނޭކުރެންދޫ
  • ހދ. ކުމުންދޫ
  • ހދ. ވައިކަރަދޫ
  • ށ. ފޯކައިދޫ
  • ށ. ކަނޑިތީމު
  • ނ. ހެނބަދޫ
  • ނ. މާޅެންދޫ
  • ނ. ވެލިދޫ
  • ނ. ކުޑަފަރި
  • ނ. މާފަރު
  • ނ. މަނަދޫ
  • ރ. މަޑުއްވަރީ
  • ރ. އުނގޫފާރު
  • ރ. ރަސްގެތީމު
  • ރ. ހުޅުދުއްފާރު
  • ރ. އިނގުރައިދޫ
  • ރ. އިންނަމާދޫ
  • ރ. މީދޫ
  • ރ. ފައިނު
  • ބ. އޭދަފުށި
  • ބ. ކަމަދޫ
  • ބ. ގޮއިދޫ
  • ޅ. ކުރެންދޫ
  • ކ. ހިންމަފުށި
  • ކ. މާފުށި
  • ކ. ދިއްފުށި
  • ވިލިމާލެ
  • ކ. ތުލުސްދޫ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!