މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތާ ގުޅޭ މައްސަލަތަކުގެ ޝަރީއަތްތައް ލައިވް ކޮށް ކުރިއަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަތަކުގެ ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންދަން އެދިވަޑައިގެން ކޯޓަށް ސިޓިއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އެދިވަޑައިގަތީ ޝަރީއަތްތައް ދެފުށްފެންނަ ގޮތަށް ހިނގާކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އަދި އެކަން ކޯޓުން ހަމަޖައްސައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ހިޔާނާތާއި ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް މީގެ ކުރިން ވަނީ ލައިވް ކޮށްފަ އެވެ.