ފުރަތަމަ އަންހެން ނައިބު ރައީސްގެ ޝަރަފާއެކު ކަމާލާ ހެރިސް ތާރީޚުގެ ތެރެއަށް

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ޖޯ ބައިޑަންގެ ރަނިންގ މޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި ކެލިފޯނިއާގެ ސެނެޓަރު، ކަމާލާ ހެރިސްގެ ވެގެން ދަނީ ދުނިޔޭގެ ތާރީހުގައިވެސް އެންމެ ފުރަތަމަ ކަޅު ނަސްލުގެ އިންޑިއަން-އެމެރިކަން އަދި އޭޝިން، ފުރަތަމަ އަންހެން ނައިބު ރާއީސްއަށެވެ.

ޖެމެއިކާގެ ބައްޕައަކަށާއި އިންޑިޔާގެ މަންމައަކަށް އުފަން ހެރިސްއަކީ ދެކުނު އޭޝިޔާ ސަރަޙައްދަށް ނިސްބަތްވާ ބޭކަނބަލަކަށް ވުމުން މިއީ ދެކުނު އޭޝިޔާއަށް ނިސްބަތްވާ މީހަކު އެމެރިކާގެ އެފަދަ މަޤާމަކަށް އައި ފުރަތަމަ ފަހަރުވެސްމެއެވެ.

އެމެރިކާގެ މިފަހަރުގެ ރިޔާސީ އިންތިހާބު ނިމިގެން ގޮސްފައި މިވަނީ ތަފާތު އެތައް ހާއްސަ މުޅިން އާ ރެކޯޑުތަކެއް ގާއިމުކުރުމާއެކުއެވެ. މިގޮތުން ކަޅު ނަސްލުގެ ފުރަތަމަ އަންހެން ނައިބު ރައީސްގެ ޝަރަފާއެކު ކަމާލާ ހެރިސް ނައިބް ރައީސްކަމަށް ހޮވުމާއިއެކު، ބައިޑަން ފާހަގަ ކޮށްލެވިގެން ގޮސްފައިވަނީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ އިތުރުން އެމެރިކާގެ ރައީސްކަމުގެ އިންތިހާބު ކާމިޔާބުކުރާ އުމުރުން އެންމެ ދުވަސްވީ ކެންޑިޑޭޓުގެ ގޮތުގައެވެ.

ބައިޑަން ރައީސް ކަމަށް ހޮވުމާއިއެކު އެމެރިކާގެ ގިނަ ސްޓޭޓްތަކަކުން ރައްޔިތުން މަގުތަކަށް ނިކުމެ ދަނީ އުފާ ފާޅުކުރަމުންނެވެ. އުފާ ފާޅުކުރުންތައް ޗިކާގޯއާއި އެޓްލަންޓާގެ އިތުރުން ނިޔޯކް ސީޓީއިންވެސް ދަނީ ބާއްވަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!