އައްޒަ ބުނަނީ ރޮށްޓާއި ގަރުދިޔަ އެއްވެސް ފަކުރެއް ނޫން ކަމަށް!

މީގެ ދުވަސްކޮޅެއް ކުރިން މީސްމީޑިއާގައި ދިވެހިންގެ މެދުގައި ކުރެވުނު ވަރުގަދަ ބަހުސް އަކީ، ރޮށްޓާއި ގަރުދިޔައަކީ މީރު އެއްޗެއްތޯ ނޫނީ އެއީ “ފަކުރު” ކެއުމެއް ތޯއެވެ. އެއްބަޔަކު އެ ކެއުން ފަކުރު ކަމަށްބުނެ ފާޑު ކީއިރު އަނެއް ބަޔަކު ބުނަމުން އައީ އެވަރުގެ ކެއުމެއް ނެތް ކަމަށެވެ. އަދި ގިނަ ދިވެހިން ބޮޑުވީ ރޮށްޓާއި ގަރުދިޔަ ކައިގެން ކަމަށާއި، މިހާރު މާ ޕިއްޒާއާއި ބާގާ ވެގެން އުޅުނަސް އެކަން ބަދަލު ނުކުރެވޭނެކަން ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

މިފަހަރު އެ ބަހުސް އަށް ޖަވާބު ދީފައި މިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގައި މިވަގުތު ހުރި އެންމެ ވިދުންގަދަ ބަތަލާ، މަރިޔަމް އައްޒައެވެ. ހޮނިހިރު ދުވަހު އައްޒަގެ މީސްމީޑިއާ ސްޓޯރީތަކަށް ލާފައިވާ “ބޫމަރެންގެ ވީޑިއޯ” ކޮޅުގައި ފެންނަނީ ރޮށްޓާއި ގަރުދިޔަ އަދި ތެލުލިފަތް އެއްކޮށް މޮޑެގެން އެއަށް އަތްލައިގެން އިންނަ މަންޒަރެވެ. އެއާއެކު އޭގައި ދިވެހި ފޮންޓުން ލިޔެފައިވަނީ، ޒަމާންތަކަކަށްފަހު ރޮށްޓާއި ގަރުދިޔަ ކަނީ ކަމުގައެވެ. އަދި ވީޑިއޯގެ ތިރީގައި ލިޔެފައިވަނީ “ހަމަ އެއްވެސް ފަކުރެއް ނޫން” ކަމަށެވެ.

ކޮންމެއަކަސް ރޮށްޓާއި ގަރުދިޔައިގެ މި ބަހުސް ކޮޅެއްގައި ޖެހިފައި ނެތަސް، “ބޮސް” ގެ ބަތަލާ މި ވަނީ އޭނާ ނިންމުން ފާޅުކޮށްފައެވެ. މިކަމުގައި އައްޒައާ އެއްކޮޅަށް އަރާނީ ކޮން ބައެއް ކަން ކޮމެންޓުގައި ނިކަން ލިޔެލަބަލާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!