އެނގޭތަ، ޕްރިޔަންކާއަކީ ކުރިން ކައިވެނި ދެކެ ބިރުން އުޅުނު މީހެއް!

އިންޓަނޭޝަނަލް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއަކީ ގިނަ ބަޔަކު ރޯލް މޮޑެލެއްގެ ގޮތުގައި ބަލާ ކާމިޔާބު ތަރިއެކެވެ. ހަމަ އެހެންމެ، މީގެ ދެ އަހަރު ކުރިން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާ ކައިވެނިކުރި ފަހުން، އެ ޖޯޑަކީ އެކިކަންކޮޅުތަކުގައި މަޤުބޫލު ޖޯޑެކެވެ. ނަމަވެސް ޕްރިޔަންކާ ބުނަނީ، ނިކް އާ ދިމާވުމުގެ ކުރިން ކައިވެންޏަކީ އޭނާ ކުރަން ވިސްނާފައި އޮތް ކަމެއް ނޫން ކަމަށެވެ.

‘ޕީޕަލް މެގަޒިން’ އަށް މީގެކުރިން ދިން އިންޓަވިއުއެއްގައި 38 އަހަރުގެ ބަތަލާ ބުނެފައިވާ ގޮތުގައި، ކުޑައިރު ކައިވެންޏަކީ ވަރަށް ހިތްގައިމު ކަމެއްގެ ގޮތުގައި ދެކެމުން އަޔަސް، އުމުރުން 20 އަހަރަށް އެޅިފަހުން މަސައްކަތްތަކާއި ދިރިއުޅުމުގެ އެހެން ކަންކަމުގައި ބުރަކޮށް އުޅެންޖެހުމުން، ކައިވެނި ކުރުމުގެ ޚިޔާލު ދޫކޮށްލީއެވެ. އަދި ކައިވެނި ކުރުމުން މަސައްކަތަށް ވަގުތު ނުދެވިދާނެތީ އެ ބިރު އޮތް ކަން ވެސް ފާހަގަކުރިއެވެ.

އެހެނަސް ނިކް އާ ދިމާވުމުން އެއީ އޭނާއަށް އެންމެ ފުރިހަމަ ބައިވެރިޔާ ކަމުގެ އިހުސާސްކުރެވި، އަވަހަށް ކައިވެނިކުރަން ބޭނުންވި ކަމަށް ބުންޏެވެ. އޭރު އޭނާ ހުރީ 30ން މައްޗަށް ގޮސްފައެވެ. “ކުރިން ހިއެއް ނުކުރަން އުމުރުން މިވަރު ވެފައި ހުއްޓައި ކައިވެނިކޮށްފާނެ ކަމަކަށްވެސް”، ކަންތައް ވީ ހީވެސް ނުކުރާ ގޮތަކަށް ކަމަށް ބުނަމުން ޕްރިޔަންކާ ކިޔައިދިނެވެ.

ޕްރިޔަންކާއާއި ނިކް، 28، ކައިވެނިކުރީ 2018 ވަނަ އަހަރެވެ. އަދި އެމީހުން ކައިވެނިކުރީ ދިމާވެ ރައްޓެހިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!