ރައީސް ސޯލިހް އެމެރިކާގެ އައު ރައީސް ބައިޑަންއަށް މަރުހަބާ ދައްނަވައިފި

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޖޯބައިޑަންއަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދައްނަވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ 46 ވަނަ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމެރިކާގެ އައު ސަރުކާރާއިއެކު ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށާއި، ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ ޝަޢުގުވެރިކަން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.

ވާދަވެރި އިންތިޚާބަކަށްފަހު ރައީސް ޑޮނަލްޑް ޓްރަންޕު ބަލިކުރައްވާ އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ރައީސްކަމަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!