ޑިމަކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފިއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވާފައިވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވާދަކޮށްގެންނެވެ.
ނަތީޖާ ދައްކާގޮތުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ބައިޑަން ވަނީ 273 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވައިފައެވެ. އަދި މިހާތަނަށް ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.
މިދިޔަ އަންގާރަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ މި ނަތީޖާއާއެކު އެމެރިކާގެ 46 ވަނަ ރައީސް ކަމަށް ޖޯ ބައިޑެން އަދި ނައިބު ރައީސް ކަމަށް ކަމަލާ ހެރިސް ހުވާކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.