ބޮލީވުޑް އާއި ހޮލީވުޑް ގެ މަޝްހޫރު ސެލެބްރިޓީ ޕްރިޔަންކާ ޗޯޕްރާ އަކީ ހުނަރުވެރި ތަރިއެކެވެ. އޭގެ އިތުރުން ޕްރިޔަންކާގެ ހެދުން އެޅުމުގެ ގޮތް ނުވަތަ ސްޓައިލް އަކީ ގިނަ ބަޔަކަށް ކަމުދާ އަދި ފޮލޯ ކުރާ ކަމެކެވެ.
ފެޝަނަކީ އަބަދު ކޮންފޮޓޮބަލް އެއްޗިއްސަކަށް ނުވެއެވެ. އެގޮތުން ފެޝަނަށް ލޯބިކުރާ މި ހުނަތުވެރި ބަތަލާ ބުނާގޮތުގައި އޭނާ އެންމެ އުދަގޫ ހެދުމަކަށް ލީ 2000 ގައި މިސްވޯލްޑް ހެދުމެވެ. އެ ހެދުމުގައި އުޅެން އުނދަގޫ ކަމުން ހުރި ގޮތުން ގިނަ ބަޔަކަށް ހީވީ އޭނާ “ނަމަސްތޭ” ހަދައިގެން ހުރިހެން ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ. އޭނާ ބުނީ ހަގީގަތުގައި އެއީ ހެދުން ލައިގެން އުޅެން އުނދަގޫވެގެން ހުރި ގޮތެއް ކަމަށެވެ.



ފަހުގެ ތާރީހަކަށް ބަލާ އިރު ޕްރިޔަންކާ ބުނާގޮތުގައި އެންމެ ލައިގެން ހުންނަން އުދަގޫ ހެދުމަކަށް އޭނާ ލީ 2018 ގެ މެޓް ގާލާގެ ގަދަ މެރޫން އަދި ގޯލްޑް ހެދުމެވެ. މި ހެދުމުގެ ސަބަބުން ނޭވާ ލާން ވެސް އުދަގޫވި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެރޭ ރަނގަޅަށް ނުވެސް ކެވުނު ކަމަށް ޕްރިޔަންކާ ބުނެފައިވެއެވެ.



ޕްރިޔަންކާ ގެ ކުރިއަށް ހުރި މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ދަ ވައިޓް ޓައިގާ އެވެ. އޭގެ އިތުރުން ޕްރިޔަންކާ ވަނީ ސޭމް ހިއުގަން އަދި ސެލިންގ ޑިއޯން އާއި އެކު ކުޅޭ ފިލްމެއް ވެސް އިއުލާން ކޮށްފައިއެވެ.