ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އެންމެ މަޝްހޫރު މޫނުން ކަމުގައިވާ އައްޒަ އާއި ރިޝްމީއާއި ދެމެދު ޖެހުނު މައްސަލައިގެ ވާހަކަ އަކީ އެމީހުންގެ ފޭނުން ދައްކާތާ ވަރަށް ދުވަސް ވީ ވާހަކައެކެވެ. “ޔާރާ ސިސްޓާސް” ގެ ނަމުގައި ބެލުންތެރިންގެ ގެ މެދުގައި މަޝްހޫރު މި ދެބެން އިންޑަސްޓްރީއަށް ނުކުތްތާ ކުރީކޮޅު އުޅުނީ ވަރަށް ވެސް އެކުވެރިކޮންނެވެ.
“ޔާރާ ސިސްޓާސް” ގެ ހުރިހާ ކަމެއް ދިޔައީ މީސްމީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާ ކުރަމުންވެ. ހާއްސަ ކޮށް އައްޒަ އަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ތަރިއެކެވެ. އެގޮތުން އައްޒަ ރިޝްމީ އާއި އެކު ނަގާފައި ހުންނަ ފޮޓޯތަށް ކޮންމެ ދުވަހަކު ހެން އޭރު ދިޔައީ ހިއްސާ ކުރަމުންނެވެ.
އެހެން ނަމަވެސް ސޯޝަލް މީޑިއާއިން ދެތަރިން އެކުގައި ނަގާފައި ހުންނަ ފޮޓޯތަށް ޝެއާ ކުރުން ހުއްޓުމަކަށް އައުމުން މި ދެތަރިންގެ ފޭނުންވެސް ބުނަމުން ދިޔައީ “ޔާރާ ސިސްޓާސް” ގެ މެދުގައި ވަރަށް ބޮޑު މައްސަލަ އެއް ޖެހިއްޖެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި ދެތަރިން ކުރެ އެކަކުވެސް އެ ވާހަކަ އެއް ނުދައްކައެވެ. ދެތަރިން ވެސް ބުނަމުން ދަނީ އެ ދެމެދުގައި އެއްވެސް މައްސަލަ އެއް ނެތް ކަމުގައިއެވެ.
ނަމަވެސް އިންސްޓަ ގްރާމް ގައި ރިޝްމީ ކުރިއަށް ގެންދިޔަ “އާސްކް/ޓެލް” ޗެލެންޖްގައި މި ވަނީ މި ފޭނަކު އެ ސުވާލު އަނެއްކާ ވެސް ތަކުރާރު ކުރުމުން އެ ސުވާލުގެ ޖަވާބު ދީފައިއެވެ. ރިޝްމީ މި ފަހަރުވެސް އެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭ ކަމަށް އެއްބަސް ވެފައިއެއެއް ނެތެވެ.
ނަމަވެސް އައްޒަ އާއި ރިޝްމީގެ މިޖާޒުގެ ތަފާތު ކަމުގެ ވާހަކަ ވަނީ ތަފްސީލް ކޮށްދީފައިއެވެ. އަދި ކައިވެނި ކުރުމާ ލޮކްޑައުން ގެ ސަބަބުން ގިނައިން ބައްދަލު ނުވާ ކަމަށް އޭނާ ބުނފައި ވެއެވެ. އަދި ދިމާވާ ކޮންމެ ފަހަރަކު ފޮޓޯ ލުމަށް ބޭނުން ނުވަނީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ އައްޒަ ވިލިމާލޭގައި އުޅުމާއި ރިޝްމީ ހުޅުމާލޭގައި އުޅުމުން ވެސް ބައދަލު ވުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަ ކޮށްފައި ވެއެވެ.


ރިޝްމީ ކުރިއަށް ގެންދިޔަ “އާސްކް/ޓެލް” ޗެލެންޖްގައި ވަނީ ގިނަ ފޭނުން ތަކެއްގެ ސުވާލަށް ޖަވާބު ދީފައިއެވެ.