ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އެމީހާ ނިޔާވެފައިވަނީ ހުކުރު ދުވަހު ހަވީރު 03:50 ހާއިރު ކަމަށެވެ. އަދި އެމީހަކީ ކޮވިޑް-19 ގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހެއް ކަމަށާއި، ނިޔާވިއިރު އުމުރަކީ 88 އަހަރު ކަމަށެވެ. އަދި އެމީހާ ނިޔާވިއިރު ފަރުވާދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލީޓީގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 39 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެންމެ ފަހުން ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެއީ އުމުރުން 38 އަހަރުގެ މީހެކެވެ. އޭނާ ނިޔާވީ ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 39 މީހުން މަރުވެފައިވާއިރު، ގިނައީ ދިވެހިންނެވެ. ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށިފަހުން އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ ޖުލައި މަހާއި އޮކްޓޫބަރު މަހާއި ދޭތެރޭގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!