ޝެހެނާޒްގެ ފޭނުން ކޮބާ؟ މިއޮތީ ޝެހެނާޒްގެ އާ ލަވައެއް!

ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ 13 ވަނަ ސީޒަނުގައި ބައިވެރިވެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ޕަންޖާބުގެ ލަވަކިޔުންތެރިޔާ/އެކްޓްރެސް ޝެހެނާޒް ގިލްގެ މުޅިން އާ ވީޑިއޯ ލަވައެއް ނުކުމެއްޖެއެވެ.

ލޯބީގެ އަސަރުގަދަ ވާހަކައެއް ކިޔައިދޭ މި ލަވައިގެ ނަމަކީ “ވާދާ ހޭ” އެވެ. އަދި މި ލަވައިގައި ޝެހެނާޒާއެކު ފެނިގެންދަނީ ލަވަކިޔުންތެރިޔާ އަރްޖުން ކަނުންގޯ އެވެ. މި ލަވަ ކިޔައި، ކޮމްޕޯސް ކޮށްފައިވަނީ ވެސް އަރްޖުން އެވެ. އަދި ޅެން ހަދާފައިވަނީ މަނޯޖް މުންތަޝިރެވެ.

ޝެހެނާޒް ކުޅެފައިވާ މި ވީޑިއޯ ލަވަ ޔޫޓިއުބަށް ދޫކޮށްލިތާ 24 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު، ވީޑިއޯ ބަލާފައިވާ މީހުންގެ އަދަދު 2 މިލިއަނަށްވުރެ މައްޗަށް އަރައެވެ. އަދި ކޮމެންޓުކުރި ގިނަ ބަޔަކު ވެސް ވަނީ ޝެހެނާޒަށް ތަޢުރީފުކޮށްފައެވެ.

ޝެހެނާޒް ގިލް، 27، އަކީ ބޮޑު ފޭން ފޮލޮވިންގެއް އޮންނަ ތަރިއެއް ކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!