ޕްރިޔަންކާގެ ދަ ވައިޓް ޓައިގާ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާގެ އެންމެ ފަހުގެ ފިލްމު “ދަ ވައިޓް ޓައިގާ” ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޕްރިޔަންކާ ޗޯޕްޅާ އާއި ރާޖްކުމާރު ރާއޯ އަދި އާދާޝް ގޯރަވް ކުޅެފައިވާ މި ފިލްމަކީ ހަމަ އެ ނަމުގައި ނެރެފައިވާ، އަރުވިންދު އަޑީޖާގެ ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ފަގީރު އާއިލާއަކަށް ނިބަތްވާ މީހަކު އޭނާގެ އަމިއްލަ މަސައްކަތުން ވިޔަފާރިއެއް ފަށައި ކުރިޔަށްދާ މީހެއްގެ ވާހަކައެވެ.

އެމެރިކާގެ ޑައިރެކްޓަރު ރާމިން ބަހްރާނީ ޑައިރެކްޓްކުރާ މި ފިލްމު ނެޓްފްލިކްސް އަށް ރިލީޒްކުރަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!