ކެޓްރީނާ ބޮޑު ސިއްރެއް ފަޅާ އަރުވާލައިފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބޮލީވުޑް އަށް ނުކުތީ 2003 ވަނަ އަހަރު އެވެ. މިއަދު ކެޓްރީނާ އަކީ ބޮލީވުޑްގެ އޭ ލިސްޓް ތަރިންގެ ތެރޭގައި ހިމެނިފައިއެވެ.

ދާދި ފަހުން ކެޓްރީނާ ބުނިގޮތުގައި ބައެއް ފިލްމް ތަކަށް އޭނާ މޭކަޕް ކުރަނީ އަމިއްލައަށް ކަމަށެވެ. އޭގެ ތެރޭގައި “ޖަބް ތަކް ހޭ ޖާން” އަދި ” އެކް ތާ ޓައިގާ” ހިމެނޭ ކަމަށް އޭނާ ބުނެއެވެ. އަދި ބައެއް މަޝްހޫރު ލަވަތަކަށް ވެސް އަމިއްލަ އަށް މޭކަޕް ކޮއްފައި ވާނެ ކަމަށް އޭނާ ބުންޔެވެ. އޭގެ ތެރޭގައި ކެޓްރީނާ ގެ އެންމެ މަޝްހޫރު ދެލަވަ ކަމުގައިވާ ” ކިންނީ ޗަމޭލި” އަދި ” ޝީލާކި ޖަވާނީ” ހިމެނެއެވެ.

އަމިއްލަ އަށް މޭކަޕް ކުރުމުގެ ސަބަބުން ވަގުތު ސަލާމަތް ކުރެވޭ ކަމަށްވެސް ކެޓްރީނާ ބުނެއެވެ. އަދި ފަސޭހަ ވެފައި އަވަސް ވަނީ ވެސް އަމިއްލަ އަށް މޭކަޕް ކުރުމުން ކަމަށް އޭނާ ބުނެއެވެ.

ކެޓްރީނާ ވަނީ ކޭ ބިއުޓީގެ ނަމުގައި އަމިއްލަ ކޮސްމެޓިކްސް ބްރޭންޑް އެއްވެސް ލޯންޗް ކޮށްފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!