އައިޝްވަރްޔާ އާއި އަބީޝޭކް ކައިވެންޔާއި ބެހޭ ގޮތުން މި ވާހަކައިން ކޮސްވާނެ!

މަޝްހޫރު ބަތަލާ އަދި ރީތީގެ ރާނީ އައިޝްވާރްޔާ އާއި އަބިޝެކް ގެ ކައިވެންޔަށް 13 އަހަރު ވެގެން ދިޔައިރުވެސް މި ދެމީހުންގެ ކައިވެނީގެ ވާހަކަ އަށް ނިމުމެއް ނެތެވެ. މިކަިއވެނީގެ ކޮންމެސް ވާހަކައެއް އަބަދުވެސް އޮންނަނީ މީޑިއާގެ ސުރުހީއަކަށް ވެފައިއެވެ.

2007 ވަނަ އަހަރު ކުރެވުނު މި ކައިވެންޔަކީ ގިނަބައެއްގެ ސަމާލުކަން އަތުލި ކައިވެންޏެކެވެ. ކުރިހާ ގޮތަކުންވެސް މި ކައިވެންޔަށް ވަނީ މީހުންގެ ސަމާލުކަން ލިބިފައިއެވެ. އޭގެ ހެއްކަކީ މިއަދުވެސް މި ކައިވެނީގެ ވާހަކަ ހުއްޓުމެއްނެތި ނޫސްތަކުން ޖާގަހޯދަމުން ދިއުމެވެ.

އިންޑިއާގައި ކުރެވުނު އެންމެ އަގުބޮޑު ކައިވެނީގެ ތަކުގެ ތެރޭގައި މި ކައިވެނި ހިމެނެއެވެ. މި ކައިވެނީގައި އައިޝްވަރްޔާ ހުރީ ރަނުން ފަރުމާކޮށްފައިވާ ސާރީއެއް ލައިގެން ކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދިމި ސާރީގެ ބޯޑަރު ހަދާފައިވަނީ ރަނުންނެވެ. އަދި ހަމަ އެޔާއެކު ހެދުމާއި ގުޅުވައިގެން ބޭނުން ކޮށްފައި ހުރި ޓްރެޑިޝަނަލް ގަހަނާ ސެޓް އައިޝްވާރިޔާ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ނީތާ ލުއްލާ ފަރުމާކޮށްދިން މި ސާރީގެ އަގަކީ 75 ލައްކަ ރުޕީސްއެވެ.

މި ސާރީ ރަނުން ހަދާފައި ވުމުގެ އިތުރުން މީގައި ވަނީ އަގުބޮޑު ކްރިސްޓަލްވެސް ބޭނުންކޮށްފައިއެވެ. މީގެ އިތުރުން އަބިޝޭކްގެ ޝޭރްވާނީގައި ވެސް ރަން ބޭނުން ކޮށްފައިވެއެވެ.

އައިޝްވާރްޔާ އާއި އަބިޝޭކް ގެ 13 އަހަރުވީ ކައިވެންޔަށް ވަނީ އަންހެން ކުއްޖަކު ލިބިފައި އެވެ. 2011 ވަނަ އަހަރު އުފަންވި މި ކުއްޖާ އަށް ވަނީ އާރަދްޔާ ގެ ނަމުން ނަންދީފައިއެވެ.

  1. ތީގަ އެބެއްތަ ކޮސްވާވަރުގެ ވާހަކަ އެއް. ހީވަނީ މޮޔަވެދާނެ ހެނޭ ތިޔަ ސާރީގެ ވާހަކަ ނޫހުގައި ޖެހީ އަލަކަށް ނޫނޭ… ލަހެ މީހަކު ދުޅަ އެއް ނުވާނެ ތަ

    0
    0
  2. ކައިވެންޔަކީ ކައިވެންޔަށް އެއް ނޫން. ކައިވެންޏަކީ. ކައިވެންޏަށް

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!