ބައިޑަން ކާމިޔާބީއާ ދިމާލަށް، ޓްރަންޕު ކޯޓަށް

އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރުމުގެ ފުރުސަތު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ބޮޑުކޮށްފައިވާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވޯޓުގައި އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވައި، ބައެއް ސްޓޭޓްތަކުގެ ވޯޓު އަލުން ގުނުމަށް ޑިމާންޑް ކުރައްވަމުންނެވެ.

އިންތިޚާބުގައި ވޯޓުލާ ނިމުނުތާ 12 ގަޑިއިރުވީ އިރު ވެސް ކާމިޔާބުކުރި ކެންޑިޑޭޓެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް ވިސްކޮންސިންގެ 98 ޕަސެންޓް ވޯޓު ގުނާ ނިމުނުއިރު ބައިޑަން، 77، އުޅުއްވަނީ އެ ސްޓޭޓުން 20،000 ވޯޓު ކުރީގަ އެވެ. އިލެކްޓޯރަލް ކޮލެޖް 10 ވޯޓު ހިމެނޭ ވިސްކޮންސިން 2016 ވަނަ އަހަރު ޓްރަމްޕް ކާމިޔާބު ކުރައްވާފައި ވަނީ ވެސް 20،000 ވޯޓުންނެވެ.

އިންތިޙާބުގައި މޮޅުވާނެކަމަށް ޖޯ ބައިޑަން ވިދާޅުވަމުން ގެންދަވާއިރު ޓްރަންޕު ގެންދަވަނީ ވޯޓް އޮޅުވާލާކަމަށް ބުނެ ޝަކުވާތައް ކުރައްވަމުންނެވެ. އަދި ދެ ސިޓީއެއް ގެ ވޯޓް ގުނުން ހުއްޓުވުމަށް ޓްރަންޕު ވަނީ އެ މައްސަލަ ކޯޓަށްވެސް ހުށައަޅުއްވާފައެވެ. ޓްރަންޕާއި އޭނާގެ ސަޕޯޓަރުން ޑިމާންޑަކީ ވޯޓް އަލުން ގުނުމެވެ.

އިންތިޚާބުގެ މިހާރުގެ ނަތީޖާތައް ދައްކާގޮތުން ވޯޓްލީ މީހުންގެ ތެރެއިން 71.5 މިލިއަން މީހުން ވޯޓްދީފައިވަނީ ބައިޑަން އަށެވެ. މީ ވޯޓްލީމުންގެ 51 އިންސައްތަ އެވެ. އަދި މީ އެމެރިކާގެ ތާރީހުގައިވެސް ރިޔާސީ އިންތިހާބެއްގައި ކެނޑިޑޭޓަކު އެންމެ ގިނައިން ވޯޓް ހޯއްދެވި ފަހަރެވެ.

ރައީސް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 68 މިލިއަން މީހުންގެ ވޯޓެވެ. މީ ވޯޓްލީ މީހުންގެ 48.18 އިންސައްތައެވެ. އިންތިޚާބު ކާމިޔާބުކުރުމަށް އެންމެ ހަ ވޯޓް ބައިޑަން ބޭނުންވާއިރު މިހާތަނަށް ނަތީޖާ ނުލިބި އޮތީ ނެވޭޑާ، ނޯތު ކެރޮލީނާގެ އިތުރުން ޕެންސަލްވޭނިއާއި ޖޯޖިއާއެވެ.

އިންތިޙާބުގެ ނަތީޖާތައް ދައްކާގޮތުން 2016ގެ އިންތިހާބުގައި ޓްރަންޕަށް ބޮޑު ތާއިދެއް ލިބުނު ސިޓީތަކުން މިފަހަރުވަނީ ބައިޑަންއަށް ތާއީދުކޮށްފައެވެ. މިގޮތުން މިދިޔަ ފަސް ދައުރުގައިވެސް ޑިމޮކްރެޓުންނަށް ކާމިޔާބު ލިބިފައިނުވާ އެރިޒޯނާވެސް ނެގީ ބައިޑަންއެވެ. އަދި މިދިޔަ ދައުރުގައި ޓްރަންޕަށް ބޮޑު ތާއީދެއް ދިން ވިސްކޮންސިން މިފަހަރު ޓްރަންޕަށް ބުނީ ނޫނެކޭއެވެ.

އިންތިޚާބުގެ ވޯޓްތައް އަލުން ގުނާދިނުމަށް ޓްރަންޕު އެދިވަޑައިގެންފައިވާއިރު އެނާގެ ސަޕޯޓަރުން މިހާރު އަންނަނީ މަގުމަތީގައި މުޒާހަރާކުރަމުންނެވެ.

އެމެރިކާގެ އިންތިޚާބުގައި މި ފަހަރު 160 މިލިއަން މީހުން ވޯޓުލާފައިވާ ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރޭން 101.1 މިލިއަން މީހުން ވޯޓުލާފައި ވަނީ އާލީ ވޯޓިންގެ ގޮތުގަ އެވެ. އާލީ ވޯޓިންގެ 65.2 މިލިއަން މީހުން ވޯޓުލާފައި ވަނީ ޕޯސްޓުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!